ނޯވޭގެ އައްސޭރީ ފަށަށް ވަދެގެން އުޅުނު އެމެރިކާގެ ސެބްމެރިނެއް ނޯވޭ ދޯންޏެއްގެ ދަލުގައި އަޅައިގެންފިއެވެ.
ނޯވޭ ގެ މަސްވެރިންގެ ދަލުގައި ޖެހުނީ އެމެރިކާގެ ނިއުކްލިއާ ސަބްމެރިންއެއް ކަމަށް ދަ ޓެލެގްރާފް އިން ބުނެ އެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހު ހިނގި މި ހާދިސާގައި 7،800 ޓަނުގެ ސަބްމެރިން މަސްވެރިންގެ ދަލުގައި ޖެހުމުން، އެހިސާބަށް އެމެރިކާގެ ސެބްމެރިނެއް ވަދެގެން އުޅުމާ މެދު ސުއާލު އުފެދިފައި ވެއެވެ.
ޔޫއެސްއެސް ވާޖިނިއާ ސެބްމެރިން ދަލުން ސަލާމަތް ކޮށްދިނީ ނޯވޭގެ ކޯސްޓްގާޑުންނެވެ. އަދި ފަހުން ކޯސްޓްގާޑުން ސެބްމެރިން ދެ ނޯޓިކަލް މޭލު ބޭރަށް ޓޯ ކޮށްދިނެވެ.
މަސްވެރިން ބުނެފައި ވަނީ އެމެރިކާ ސެބްމެރިންއާ ހެދި އެމީހުންނަށް ގާތްގަނޑަކަށް 40،000 ނޯވޭ ކްރޯނާގެ ގެއްލުން ވެފައިވާ ކަމަށެވެ.
އޮސްލޯގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ މިއީ ހިނގައި ދިޔަ ކަމެއްކަން ކަށަވަރުކޮށްދީފައެވެ. އަދި މިކމެއް ހިނގާފައި ވަނީ ޓްރޮމްސޯ ކައިރީގައި އޮންނަ ބަނދަރެއްގައި ކަމަށްވެސް ބުނެފައި ވެއެވެ.
ނޭޓޯ އާއި ރަޝިޔާއާ ދެމެދު ކޯޅުންތައް ބޮޑުވުމަށްފަހު ނޯވޭއިން ވަނީ އެމެރިކާގެ ސެބްމެރިންތަކަށް ނޯޥޭ ބަނދަރުތައް ބޭނުންކުރަން ހުއްދަ ދީފައެވެ. ނަމަވެސް ނިއުކްލިއަރ ސެބްމެރިންތައް ކާރި ކުރުމުން ނޯވޭމީހުން ނުރުހޭ ކަމަށް ބުނެފައި ވެއެވެ.




