ޖަރުމަންވިލާތުގައި އެއާޕޯޓާ ބެހޭ މަޢުލޫމާތު ފާއްދަމުން ދިޔަ ޗައިނާ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ސައުތު ޗައިނާ މޯނިންގޕޯސްޓުން ބުނެއެވެ. އަންހެން މީހާއަކީ ފްރައިޓް ފޯވާޑް ކުރުމުގެ މަސައްކަތުގައި އުޅޭ ޖަރުމަން ކުންފުންޏެއްގައި މަސައްކަތް ކުޜާ މީހެކެވެ. އޭނާގެ ކުންފުންޏަކީ ޖަރުމަންވިލާތުގެ ލީޕްޒެގް ސިޓީގެ އެއާޕޯޓުން މުދާ ފޮނުވައި ދިނުމުގެ މައްސަކަތުގައި އުޅޭ ކުންފުންޏެކެވެ.
އޭނާގެ ނަން ސިއްރު ކުރުމަށްފަހު ޖަރުމަންވިލާތުން ބުނެފައި ވަނީ އެއީ ޔަކީ އެކްސް ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
ލިޕްޒެގް އެއާޕޯޓަކީ އަސްކަރީ ސާމާނުތަކާއި ހަތިޔާރާއި ސިފައިން ދަތުރުކުރުމަށް ބޭނުންކުރާ އެއާޕޯޓެކެވެ. މައިގަނޑު ގޮތެއްގައި އެ އެއާޕޯޓުން މުއާމަލާތު ކުރާނީ އެކްސްޕޯޓް ކުރުމުގެ ކަންތައްތަކުގައެވެ.
މި އަންހެން މީހާ ދިޔައީ އޭނާއަށް އެއާޕޯޓުން ފާހަގަ ކުރެވޭ ކަންކަމާއި ހޯދާ މަޢުލޫމާތު ޗައިނާގެ ޖާސޫސެއް ކަމަށްވާ ޖިއާން ގޫ ނަމަކަށް ކިޔާ ޖަރުމަން މީހަކަށް ދެމުންނެވެ.
މި މައުލޫމާތު ފާއްދާލުމުގައި އަންހެން މީހާ ވަނީ އޮގަސްޓް 2023ން މިއަހަރުގެ ފެބްރުއަރީއަށް ހަރަކާތްތެރި ވެފައެވެ.
ސައުތު ޗައިނާ މޯނިންގ ޕޯސްޓުން އަންހެން މީހާގެ އިތުރުން ޖިއާން ގޫ ހައްޔަރު ކުރިކަމެއް ސާފެއް ނުވެއެވެ. އަންހެން މީހާ ހައްޔަރު ކުރީ ހޯމަދުވަހުއެވެ. ފުލުހުން ވަނީ އަންހެން މީހާގެ ގެ ބަލައި ގެއިން ބައެއް ޑޮކިއުމެންޓްތައްވެސް ނަގާފައެވެ.