ތައިލެންޑުގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި ތިބި އުއިގޫރު ދަރިކޮޅުގެ 48 މީހުން ސަލާމަތް ކޮށްދިނުމަށް އެދި އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ 50 އަށް ވުރެ ގިނަ މެމްބަރުން އދގައި އެދެފިއެވެ.
މި އުއިގޫރު މީހުންނަކީ ޗައިނާގައި ކުރިމަތިވި އަނިޔާތަކުން ފިލައިގެން ތައިލެންޑަށް ވަން މީހުންނެވެ. 2014 ވަނަ އަހަރުން ފެށިގެން ތައިލެންޑްގެ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު (ސުއާން ފްލޫ) ގައި މިމީހުން ތިބީ ބަންދުކޮށްފަ އެވެ. ތައިލެންޑްގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި މީހުންނަކީ ޗައިނާގެ ޝިންޖިއާން ސަރަހައްދުން ފިލައިގެން އައި 500 އަށް ވުރެ ގިނަ އުއިގޫރުން ގެ ބޮޑު ގްރޫޕެއްގެ ބައެކެވެ.
އެމީހުން ދިޔައީ މެލޭޝިއާ މަގުން ތުރުކީއަށް ވަނުމަށް ދަތުރު ކުރަމުންނެވެ.
އޭގެ ތެރޭން ބައެއް މީހުން ތުރުކީއަށް ފޮނުވާލިއިރު، އަނެއް ބަޔަކު ގަދަކަމުން ޗައިނާއަށް ފޮނުވާލާފައި ވެއެވެ.
ބަންދުކޮށްފައިވާ އުއިގޫރުންނާ މެދު ތާއި ސަރުކާރުން ކަންތައް ކުރަނީ ރެފިއުޖީންނާ މެދު މުއާމަލާތު ކުރ ގޮތަކަށް ނޫން ކަމަށް ބުނެފައި ވެއެވެ.




