އިންޑިއާގައި ޒަމާނީ މަބް ސިނާއަތެއް ބިނާ ކުރަނީ

އިންޑިއާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގާބިލްކަން ހަރުދަނާ ކުރުމަށްޓަކައި، މުމްބާއީގައި ބޭއްވި އެންވީޑިއާ އޭއައި ސަމިޓް 2024 ގައި، ރިލަޔަންސް އާއި އެންވީޑިއާ ގުޅިގެން އިންޑިއާގައި އެންމެ ޒަމާނީ އޭއައި އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަށް ނިންމައި އެކަން އިއުލާން ކޮށްފިއެވެ.

އެންވީޑިއާގެ ސީއީއޯ ހޫއާންގް އިއުލާން ކުރެއްވިގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސެއް ލީޑް ކުރުމަށްޓަކައި އިންޑިއާގައި އޭއައި މޮޑެލް ޓެކްނޮލޮޖީގެ ވެށްޓެއް އޮންނަން ޖެހެއެވެ. އަދި އެކަމަށްޓަކައި، ރިލަޔަންސް އާއި އެންވީޑިއާ ޕާޓްނަޝިޕް ހަދާފައިވާ ކަން އޭނާ އިއުލާން ކުރެއްވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެކަމަށްޓަކައި އިންޑިއާއަށް ލިބިފައިވާ އެންމެ ބޮޑު އެސެޓަކީ، އިންޑިއާގެ އިންސާނީ ވަސީލަތެވެ.

ރިލަޔަންސް އިންޑަސްޓްރީސްގެ މެނޭޖިން ޑިރެކްޓަރު މުކޭޝް އަމްބާނީ ވެސް ވަނީ އިންޑިއާގެ ގާބިލްކަމަށް ތައުރީފު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިންޑިއާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު އެއް އިންޓެލިޖެންސް މާކެޓަށެވެ. އިންޑިއާގައި އޮތް ޔޫތު ޕަވަރ އިން އެކަން ހަގީގަތަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!