ފާއިތުވި ހަފްތާތަކުގައި ޚާލިސްތާނީ ހަރުކަށި ޖަމާއަތްތަކާ ގުޅުން ހުރި ހާދިސާތަކުގެ ސަބަބުން ކެނެޑާގައި އާންމުންގެ ސަލާމަތާ މެދު ކަންބޮޑުވުންތައް އިތުރުވެ، އެގައުމުގެ މަޝްހޫރު މަލްޓިކަލްޗަރަލް އެއްބައިވަންތަކަން ދެމެހެއްޓުމުގެ ގާބިލްކަމާ މެދު ބަހުސްތަކެއް ވަނީ ފަށާފަ އެވެ.
އެޑްމަންޓަން ތަމްސީލް ކުރައްވާ އެމްޕީ ޗަންދްރާ އާރިޔާ ވަނީ ޕާލަމެންޓްގައި ދެއްވި ބަޔާނެއްގައި މި މައްސަލައަށް އަލިއަޅުވާލައްވާފައެވެ. އާރިޔާ ވިދާޅުވެ ދެއްވީ އުނދަގޫ ޒާތީ ތަޖުރިބާއެކެވެ.
“މީގެ ދެ ހަފްތާ ކުރިން އެޑްމަންޓަންގައި ހިންދޫ އިވެންޓެއްގައި ރައްކާތެރިކަމާއެކު ބައިވެރިވެވެނީ ފުލުހުންގެ އޮފިސަރުންގެ ހިމާޔަތުގައި، ޚާލިސްތާނީ ޖަމާއަތުގެ ގްރޫޕަކުން އަޅުގަނޑާ ދެކޮޅަށް މުޒާހަރާއެއްކޮށް ދެކޮޅުވެރިކަން ދެއްކުމުން” ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ.
ކެނެޑާގައި ޚާލިސްތާނީ ޖަމާއަތުގެ މީހުންގެ ނުރައްކާ ބޮޑުވަމުން ދިއުމަށް އަލިއަޅުވާލައްވައި، އާރިޔާ ވިދާޅުވީ، “ކެނެޑާގައި އަޅުގަނޑުމެންނަށް ގިނަ ދުވަސްތަކެއް ވަންދެން ޚާލިސްތާނީ ހަރުކަށި ފިކުރުގެ ސީރިއަސް މައްސަލަތަކެއް ދެނެގަނެ ތަޖުރިބާ ކުރެވިފައިވޭ” އަދި “އަޅުގަނޑު ސާފުކޮށް ދަންނަވާލަން. ކެނެޑާގެ އިސްތިގުލާލުގެ މައްސަލައަކީ މުޤައްދަސް ކަމެއް އަދި ކެނެޑާގެ ތެރޭގައި ބޭރުގެ ދައުލަތުގެ ފަރާތްތަކުގެ އެއްވެސް ތަދައްޚުލުވުމެއް، އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން” އޭނާ ވިދާޅުވިއެވެ.
ކެނެޑާގައި ސިކުންގެ ދީނީ މީހުންގެ މައްސަލަ ދަނީ ބޮޑު ވަމުންނެވެ. އެމީހުންނަކީ، އިންޑިއާގައި ޚާލިސްތާންގެ ނަމުގައި ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ބައެކެވެ. އަދި ކެނެޑާގެ އިސްތިގްލާލަށްވެސް އެމީހުންނާ ހެދި ނުރައްކާ ވެދާނެ ކަމަށް މިހާރު ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.