ހައްޖުވެރިންގެ ނަމުގައި ޕާކިސްތާނުން ސައޫދީ އަރަބިއްޔާއަށް ވަންނަ ސަލާން ޖަހާ މީހުންގެ މައްސަލަ ކޮންޓްރޯލް ކުރުމަށް ސައުދީ އަރަބިއްޔާއިން ހަރުކަށި އިންޒާރެއް ދީފި އެވެ.
ޕާކިސްތާނުގެ އިންފްލޭޝަން މަތިވުމާއި ވަޒީފާނެތް މީހުންގެ ނިސްބަތް އިތުރުވުމުން ގަވާއިދާ ޚިލާފަށް އާމްދަނީ ހޯދަން ބޭނުންވާ މީހުން ބޮޑު ވިޔަފާރިއެއް ފަށާފައިވާ ކަމަށް ލާހޯރުގެ ޕޮލިޓިކަލް ސައިންސްގެ ޕްރޮފެސަރު ރަސޫލް ބަޚްޝް ރައީސް ވިދާޅުވެ އެވެ.
“ސިޓީ ސެންޓަރުތަކާއި ހަތަރު އަނގޮޅިތައް ކޮންޓްރޯލް ކުރަނީ ބާރުގަދަ ވެރިން ހިންގާ އޯގަނައިޒްޑް މާފިއާ ނިޒާމަކުން،” ރައީސް ވިދާޅުވި އެވެ. މި ނެޓްވޯކްތަކުން ކުޑަކުދިން ރަހީނުކުރުމާއި ކުދިންނަށް ގޯނާކޮށްނާޖާއިޒު ފައިދާ ނެގުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.
ޒުވާނުންގެ ތެރޭގައި ވަޒީފާ ނެތް މީހުންގެ އަދަދު ގާތްގަނޑަކަށް %60 އަށް އަރާއިރު، ކޮންސިއުމަރ އިންފްލޭޝަން %10-30 އާއި ދެމެދުގައި އުފުލިފައިވެއެވެ.
“ގާނޫނުތައް ބޮލާލައި ޖަހައި ތަންފީޒު ނުކުރުމާއި ފުލުހުން ވެސް ސަލާން ޖަހާ މާފިއާތަކުން ރިޝްވަތު ހޯދުމުން، މި ޖަރީމާތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވެނީ،” ގޭންގް ތަކުގެ މީހުންގެ ކަންކަން ގާތުން ދަންނަ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މެހަކް އަލީ ބުނެ އެވެ.
ސިންދުގެ ސޯޝަލް ވެލްފެއާ މިނިސްޓަރު މީރު ތާރިގް ތަލްޕޫރު ވަނީ މި މައްސަލައިގެ އުނދަގޫކަން ގަބޫލުކުރައްވައި، “ސަލާން ޖަހާ މީހުން ފައްސާލުމަކީ ވަރަށް އުނދަގޫ ކަމެއް” ކަމަށް ވިދާޅުވެފަ އެވެ. އޭނާ މިހެން ވިދާޅުވީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މި މައްސަލަ ހައްލުކޮށްދިނުމަށް އެދި ސައުދީ ކަމާބެހޭ ފަރާތްތަކުން ހުށަހެޅުމާ ގުޅިގެންނެވެ.