ކަރާޗީއަށް ފެނުގެ ދަތިކަން އިހުސާސްވެފައި

ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަރާޗީގައި ފެނުގެ ދަތިކަން ކުރިމަތި ވެފައި ވެއެވެ. ސާފު ބޯފެން ނުލިބުމަކީ، ކަރާޗީގައި ބޮޑު ގިން ޖެހުމެކެވެ.

މިކަން އިތުރަށް ގޯސްވަނީ، ސަރުކާރުގެ ހިންގުން ދޯދިޔާވުމާއި، ކޮރަޕްޝަނާއި، ފެން ވިއްކާ ލޮރި ގެންގުޅޭ ބާރުގަދަ ގޭންގްތަކުގެ މީހުންގެ ނުފޫޒުގެ ސަބަބުން ކަމަށެވެ.

މީޑިއާއިން ވަނީ މިމައްސަލަ މިހާރު ދިގުލައިގެން ދާކަމަށާއި ސަރުކާރުން އެކަން ހައްލުކުރުމަށް މަސައްކަތް ނުކުރާކަމަށް ތހުމަތުކޮށްފައެވެ.

ހިއްސާ ކުރައްވާ!