އިންޑިއާގެ ކަނޑުގެ ސިފައިންގެ މަތީ ފެންވަރުގެ ވާޗުއަލް އިންޓަރެކްޝަން “މަހާސަގަރު” ގެ ތިން ވަނަ އެޑިޝަން ކުރިއަށް ގެންގޮސްފިއެވެ. އިންޑިއާގެ ނޭވަލް ސްޓާފްގެ ޗީފް އެޑްމިރަލް ދިނޭޝް ކުމާރު ޓްރިޕާތީ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދެވި، މި ހަރަކާތުގައި ބަންގްލަދޭޝް، ކޮމޮރޯސް، ކެންޔާ، މަޑަގަސްކަރަ، ރާއްޖެ، މޮރިޝަސް، މޮޒެމްބިކް، ސީޝެލްސް، އިންޑިއާ އަދި ޓެންޒޭނިއާ ފަދަ ގައުމުތަކުގެ ކަނޑުގެ ސިފައިންގެ އިސް ލީޑަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އާންމު ކަނޑުގެ ސަލާމަތީ ގޮންޖެހުންތައް ކުޑަކުރުމަށް ތަމްރީނުތަކަށް އެއްބާރުލުން ދިނުމުގެ ޝިއާރުގެ ދަށުން ބާއްވާފައިވާ މި ބައްދަލުވުމުގައި ސަރަހައްދީ ސަލާމަތީ މައްސަލަތައް ހައްލުކުރުމަށް ގުޅިގެން ތަމްރީނު ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައިވެ އެވެ.
މަހާސަގަރުގެ އަމާޒަކީ ސަރަޙައްދުގައި ހުރިހާ އެންމެންނަށް ސަލާމަތާއި ކުރިއެރުން އާލާކުރުން ކަމަށް އިންޑިއާއިން ބުނެއެވެ.
މިއީ 2023 ވަނަ އަހަރުން ފެށިގެން އިންޑިއާއިން އިސްނަގައިގެން ދެ އަހަރަކުން އެއްފަހަރު ބާއްވާ ފޯރަމެކެވެ. މިފަހަރުގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިއްސާކުރެވޭ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ގާބިލްކަން ބިނާކުރުމުގެ މަގުސަދުގައި ތަމްރީނުގެ ފެންވަރު މަތި ކުރުމަށާއި ޤައުމުތައް ގުޅިގެން ބާއްވާ ތަމްރީން ފުރުސަތުތައް އިތުރު ކުރާށެވެ.