ޗައިނާގެ ހޮޓެލް އިންޑަސްޓްރީއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވަނީ ކޮންސިއުމަރ ސްޕެންޑިންގ ދަށްވެ އަގު ހެޔޮ ކުރުމުގެ ހަނގުރާމަތައް ވަރުގަދަވަމުން ދިއުމާ ގުޅިގެންނެވެ.
އޮކްޓޯބަރު މަހު ޗައިނާއިން ފާހަގަ ކުރި ގައުމީ ދުވަހާއި ނޮވެމްބަރު މަހުގެ “ޑަބަލް 11” ފަދަ ބޮޑެތި ބަންދު ދުވަސްތަކުގައި ވެސް ދަތުރުތައް އިތުރުވި އެވެ. ނަމަވެސް މާލީ ގޮތުން ވިޔަފާރި ވެރިންނަށް މާޔޫސްކަން ލިބުނު އެވެ.
ދަތުރު ފަތުރު ހިންގާ މަޝްހޫރު ކުންފުނި ސީ ޓްރިޕްގެ “ޒީރޯ ޔުއާން އޯޑަރ” އާއި ފްލިގީގެ ޑީޕް ޑިސްކައުންޓް ފަދަ ޕްރޮމޯޝަންތަކުން ދައްކުވައިދެނީ ކަސްޓަމަރުން ހޯދުމަށް އެފަރާތުން ކުރަމުންދާ ބުރަ މަސައްކަތެވެ.
ފްލިގީ އިން ތައާރަފް ކުރި ތިން ރޭގެ 100،000 މީހުންގެ ޕްރޮމޯޝަން ޕެކޭޖު އެންމެ 999 ޔުއާން (140 ޑޮލަރު) އަށް ހުށަހެޅިއެވެ. އެ ޕްރޮމޯޝަން މިނިޓްތަކެއްގެ ތެރޭގައި ވިއްކާލި އެވެ. ނަމަވެސް މިފަދަ ޑީލްތަކުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަކަށް ނުގެންދެވެއެވެ.
ޗައިނާގައި ހޮޓަލުގެ އަގުތައް ވަރަށް ބޮޑަށް ދަށް ކޮށްފައި ވާއިރު، ކުރިން 500 ޔުއާން (70 ޑޮލަރު) އަށް ވިއްކާ ކޮޓަރިތަކުގެ އަގު މިހާރު 300 ޔުއާން (42 ޑޮލަރު) އަށް ވައްޓާލާފައި ވެއެވެ. މި ޑިސްކައުންޓްތަކާއި އެކު ޚިދުމަތުގެ ފެންވަރު ވެސް ދަށް ވެފައި ވެއެވެ. އަދި މިކަމުގެ ސަބަބުން ދިގު މުއްދަތުގެ ވާދަވެރިކަމަށް ގެއްލުން ލިބެމުންދާ ކަމަށް އިންޑަސްޓްރީގެ ޕްރޮފެޝަނަލުން އިންޒާރު ދެއެވެ.
ޗައިނާގެ ރަސްމީތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ގައުމީ ދުވަހުގެ ޗުއްޓީގައި އެތެރޭގެ ދަތުރުތައް 2019 ވަނަ އަހަރާ އަޅާބަލާއިރު %10.2 އިތުރުވިއެވެ. އަދި 765 މިލިއަން މީހުން ދަތުރު ކޮށްފައިވެއެވެ. ނަމަވެސް އެފަދަ ޚަރަދުތައް އިތުރުވެފައިވަނީ އެންމެ %7.9 އަށެވެ. މިއީ މީހުން ޚަރަދު ކުރަން ބޭނުން ނުވާކަން އަންގައިދޭ ކަމެއް ކަމަށް ބުނެފައި ވެއެވެ.
ޗައިނާގެ އަޕްސްކޭލް ހޮޓަލް ބުކިންސްތައްވެސް ގާތްގަނޑަކަށް %40 އަށް އިތުރުވެފައި ވެއެވެ. އެއާއެކު އެވްރެޖް އަގުތައް އަހަރުން އަހަރަށް %6 ދަށްވެފައިވެއެވެ. ހޮޓާ ހިންގާ ބައެއް ފަރާތްތަކުން ބުނަނީ ކުއްޔާއި ލޭބަރ، އަދި ޔުޓިލިޓީސް ގެ އަގުތައް މިހާރު މިއޮތް ރޭޓުން ކަވަރު ކުރެވިގެން ނުދާނެ ކަމަށެވެ.
ޗައިނާގެ ފަތުރުވެރިކަމަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތް ދަނީ ފުޅާވަމުންނެވެ. އެޗް ގްރޫޕްގެ ބައެއް ކަމަށްވާ ވާޒޫ ޗައިނާއިން 2023 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް 1،290 ސިޓީއެއްގައި 9،684 ހޮޓެލް ހިންގާފައި ވެއެވެ.
މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ބޮޑު އިތުރު ވުމެކެވެ. ނަމަވެސް އިގްތިސާދީ ގޮންޖެހުންތަކުގެ ތެރޭގައި މި ކުރިއެރުން ދެމެހެއްޓުމަކީ އަދިވެސް ބޮޑު ހުރަހެކެވެ.