ތައިލެންޑްގެ ބެންކޮކްގައި, 2014 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން 48 އުއިގޫރު ރެފިއުޖީން ބަންދުކޮށްފައި ވެއެވެ. އެމީހުންނަކީ، ޗައިނާއިން ފިލައިގެން ހިމާޔަތް ހޯދުމަށް ތައިލެންޑަށް އައިސްފައިވާ މީހުންނެވެ. އަދި އެމީހުން އަނބުރާ ފޮނުވާލުމުގެ ބިރާ މިހާރު އެމީހުންނަށް ވަނީ ކުރިމަތި ލާން ޖެހިފައެވެ. ބެއިޖިން އިން ދަނީ، އެމީހުން ތައިލެންޑުން ބޭރުކޮށްލުމަށް ބެންކޮކް ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.
ބަންދުގައި ތިބި މީހުންގެ ތެރެއިން ތިން މީހުންނަކީ މީގެ 11 އަހަރު ކުރިން ހައްޔަރު ކުރިއިރު ކުޑަކުދިންނެވެ. އެމީހުންގެ އަމިއްލަ ވަޒަން ޝިންޖިއާންގައި ޗައިނާއިން ހިންގާ ހަރުކަށި ހާލަތުން ސަލާމަތްވުމަށް ބޯޑަރު ހުރަސްކުރުމަށް ފަހު ތައިލެންޑަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ މީހުން ކަމަށް ތައިލެންޑުގެ އިމިގްރޭޝަނުން ތުހުމަތު ކޮށްފައިވެ އެވެ.
އުއިގޫރު ދަރިކޮޅުގެ މީހުންނާއި ޝިންޖިއާންގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް ޗައިނާއިން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވެއެވެ. އަދި މުސްލިމުން ކޭމްޕްތަކުގައި ބަންދުކުރުމާއި ޝިންޖިއާންގެ ޗައިނާގެ ހޭން ދަރިކޮޅުގެ މީހުންނާ މަޖުބޫރުކޮށްގެން ނަސްލު މައްސުނި ކުރުމަށް ބާރުއަޅަމުން ދެއެވެ.
މި 48 ރެފިއުޖީންނަކީ މީގެ ދިހަ އަހަރު ކުރިން ޝިންޖިއާން އިން ފިލައިގެން ދިޔަ ގާތްގަނޑަކަށް 350 މީހުންގެ ބޮޑު ގްރޫޕެއްގެ ބައެކެވެ. އެމީހުންގެ ތެރޭން އެތައް ބަޔަކު އަތުލައިގަނެފައި ވެއެވެ. އަދި އެތައް ބަޔަކު ގަދަކަމުން އަނބުރައި ޗައިނާއަށް ގެންގޮސްފައި ވެއެވެ. އެމީހުން އެންމެން ވަނީ ޝިންޖިއާންގައި ހަދާފައިވާ ޖަލުތަކުގައި ބަންދުކޮށްފައެވެ.
ނިއުޔޯކް ޓައިމްސް މެގަޒިން އިން ނޮވެމްބަރު 2024 ގައި ނެރުނު ލިޔުމެއްގައި އެމީހުންގެ ދަތުރުގެ ތަފްސީލު ގެނަސްދީފައި ވެއެވެ.
2015 ވަނަ އަހަރު ތައިލެންޑަށް އެތެރެވި، 350 ރެފިއުޖީންގެ ތެރެއިން 109 މީހުން ފޮނުވާލުމުން ބައިނަލްއަޤްވާމީ ފާޑުކިޔުންތައް ތައިލެންޑަށް ކުރިމަތިވި އެވެ. އަދި އަންހެނުންނާއި ކުޑަކުދިން ގެ ގްރޫޕެއްގައި ހިމެނޭ 173 މީހުންގެ ގްރޫޕެއް ތުރުކީއަށް ފޮނުވިއެވެ. ތައިލެންޑުގައި ބާކީ ތިބި މީހުން ޑިޓެންޝަން ސެންޓަރުތަކުގައި ބަންދު ކުރެވުނެވެ. އޭގެ ތެރޭން ފަސް މީހަކު މަރުވެފައިވެއެވެ. އަދި އެމީހުންގެ ތެރޭން 3 ކުދިން އަލަށް އުފަންވިއެވެ. ފަސް މީހަކު ފިލަން އުޅުމުގެ ކުށުގައި 12 އަހަރާ ހަމައަށް ޖަލު ހުކުމް ތަންފީޒު ކުރަމުންދެއވެ. ބާކީ ތިބި 43 މީހުން ތިބީ ބެންކޮކްގެ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބީ ހާލުގައި ޖެހިފައެވެ.
ބައިނަލްއަގްވާމީ ފަރާތްތަކުން ވަނީ ތައިލެންޑް ސަރުކާރުން އެމީހުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލާ ކަމުގެ އިންޒާރު ދީފައެވެ.



