ޒަޔަނިސްޓުން ޝަހީދުކޮށްފައިވާ ޣައްޒާގެ ކުޑަކުދިންގެ ހަނދާނުގައި އަތުން ފަހައިގެން ހަދާފައިވާ ފިނިފެންމާ ބޮނޑިތަކެއްގެ މައުރަޒެއް ޕާކިސްތާންގެ އަންހެން ފަންނާނުން ހުޅުވައިފިއެވެ.
ލާހޯރުގެ އަލްޙަމްރާ ސަގާފީ މަރުކަޒުގައި ބާއްވާފައިވާ މި މައުރަޒުގައި 15 ހާސް މާ ބޮނޑި ޣައްޒާ ކުދިންނަށް ޚާއްސަކޮށްފައި ވެއެވެ. މި މައުރަޒުގެ މަތީ ބައިގައި ޚާއްސަކޮށްފައިވާ މައުރަޒުގައި ވަކި ވަކި ގަނޑުތަކެއްގައި ޝަހީދުކޮށްފައިވާ ކޮންމެ ކުއްޖެއް ނަން ޖަހައި ފާހަގަ ކޮށްފައި ވެއެވެ.

އަދި މި މައުރަޒަށް ތައްޔާރުވި ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކައެވެ.
މި މައުރަޒު އޮންނާނީ މިމަހުގެ 18އާ ހަމައަށެވެ. އަދި މައުރަޒުން ލިބޭ ހުރިހައި ފައިސާއެއް ދިނުމަށް ހަމަޖެހިފައި ވަނީ ޒަޔަނިސްޓުންގެ ހަމަލަތަކުން ގުނަވަންތައް ބުރިކުރަން ޖެހިފައިވާ މަޒުލޫމުންގެ ފަރުވާއަށް އެމީހުންނަށް އެހީވާ ޖަމުއިއްޔާއަށެވެ.






