ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) އިތުރު 20 ދުވަހަށް ބަންދުގައި ބަހައްޓާ ގޮތަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.
ރައުދަކީ ފެންޓެނޯއި އިމާރާތުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ތެރޭން ފުލުހުން ބަންދުކޮށްގެން ގެންގުޅޭ ހަމައެކަނި މުއްތަހަމެވެ. ރައުދަށް 4 ފަހަރު މަތިން ސިލްސިލާކޮށް ބަންދު މުއްދަތު ޖަހަމުން ދެއެވެ. އެއީ 5 ދުވަސް، 10 ދުވަސް، އަދި މީގެ ކުރީގެ 5 ދުވަހެވެ.
ޔުމުނު ވެއްޓު ހާދިސާއަކީ ދައުލަތުގެ ވަޒީރެއްގެ އިމާރާތެއްގައި މަސްތުވާ ތަކެއްޗާއެކު ސަރުކާރުގެ އިސްވެރިންނާއި ނުފޫޒުގަދަ ބަޔަކު ބައިވެރިވެގެން ޑްރަގް ޕާޓީއެއް ކަމަށް މީޑިއާއިން ސިފަ ކޮށްފައިވާ ޕާޓީއަކަށް ފަހު ދިމާވެފައިވާ ހިތާމަވެރި ހާދިސާއެކެވެ. މި ހާދިސާގެ ތަހުގީގާ މެދު މީޑިއާއާއި އާންމުން ސުއާލު އުފައްދައި ފައި ވެއެވެ. އަދި ޒުވާނުން މުޒާހަރާކޮށްފައި ވެސް ވެއެވެ. އެންމެފަހުން އެމައްސަލައިގެ ޝިރާއަކަށް ވެގެން ދިޔައީ، ޕޮލިސް ކޮމިޝަނަރެވެ.

