ބީބީސީގެ މެޗް އޮފް ދަ ޑޭގެ ޕްރެޒެންޓަރަށް ފިއްތުމުން އިސްތިއުފާ ދީފި

ޣައްޒާގެ ހަމަލަތަކާ ހެދި  ރޭނގަނޑު ރޮވޭކަމަށް ބުނާ ބީބީސީގެ މެޗް އޮފް ދަޑޭ ގެ ޕްރެޒެންޓަރު ޔަހޫދީ ޕްރެޝަރަށް ނުކަތައިގެން މަގާމުން އިސްތިއުފާ ދީފިއެވެ. ގެރީ ލިނެކަރ އަކީ ޣައްޒާ ހަނގުރާމައާ ގުޅިގެން އިޒްރޭލަށް ފާޑު ކިޔާ ޕްރެޒެންތަރެކެވެ. ކުރިން އޭނާ މަގާމުން ރިޓަޔާ ކުރުމަށް ހަމޖެހިފައި އޮތީ ވޯލްޑް ކަޕަށް ފަހުއެވެ. ނަމަވެސް މިއަދު އޭނާ ވަނީ އިސްތިއުފާ ދީފައެވެ.

ލިނެކަރ ޣައްޒާގެ ހާލަތު ސިފަކޮށްފައިވަނީ "އަހަރެންގެ ހަޔާތުގައި ދެކެފައިވާ އެންމެ ނުބައި ޖަރީމާ" ކަމަށެވެ. އަދި ޚާއްޞަކޮށް "ކުޑަކުދިން މަރުވަމުންދާ މަންޒަރުތައް އަބަދުވެސް ފެންނަމުންދާތީ" ހިތާމަ ކުރާ ކަމަށެވެ. ލިނެކަރ ވަނީ އިޒްރޭލުގެ ހަނގުރާމަވެރި ޢަމަލުތަކަށް ފާޑުކިޔައި، އެއީ ނިސްބަތާ ނުބައްދަލު ޢަމަލުތަކެއް ކަމަށް ބުނެ، ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ ގެއްލުމާ ބަލާއިރު އިޒްރޭލުން އަމިއްލަ ދިފާޢުގެ ނަމުގައި އަނިޔާވެރިވާތީ  ސުވާލު އުފައްދާފައެވެ.

އޭނާ ބުނެފައިވަނީ މިއީ އަނިޔާވެރި ޢަމަލުތަކެއް ކަމަށް ވާތީ އެކަމާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށެވެ. ލިނެކަރ ވަނީ އޭނާގެ ސްޓޭންޑް ފާޅުކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކޮށްފައެވެ:

ސޯޝަލް މީޑިއާގައި އޭނާ ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިޒްރޭލުގެ އެކަޑެމިކް ރާޒް ސޭގަލްގެ ވީޑިއޯއެއް ޝެއަރކޮށްފައެވެ. އެ ވީޑިއޯގައި ސެގަލް ވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ ޢަމަލުތަކަކީ "ފޮތުން ދަސްކޮށްދޭ ފަދަ ނަސްލު ހަލާކުކުރުމުގެ ޢަމަލުތަކެއް" ކަމަށް ބުނެފައެވެ. 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު އޭނާ ވަނީ އިސްރާއީލް ބައިނަލްއަޤްވާމީ ކުޅިވަރުތަކުން މަނާކުރުމަށް ގޮވާލާ ޕޯސްޓެއް ރީޓްވީޓްކޮށް (އަދި ފަހުން ޑިލީޓްކޮށް) ފައެވެ. މިކަމުގެ ސަބަބުން އިޒްރޭލަށް ތާއީދުކުރާ ގްރޫޕްތަކުން ފާޑުކިޔުންތަކާ ކުރިމަތިލާންޖެހުނެވެ. ނަމަވެސް، ހަމާސްއާ ގުޅުންހުރި މީޑިއާތަކުން އޭނާއަށް ތަޢުރީފު ކޮށްފައިވެއެވެ. މަހުދީ ހަސަންއަށް ދިން އިންޓަރވިއުގައި އޭނާ ބުނެފައި ވަނީ ޣައްޒާ ކުދިން މަރުވާތަން ފެނުމުން ކޮންމެ ރެއަކުވެސް ނިދަން އޮށޯންނަ އިރު ރޮވޭ ކަމަށެވެ.

އަދި އިޒްރޭލާ ދެކޮޅަށް 500 މީހުން ސޮއިކުރި ޕެޓިޝަނެއްގައިވެސް އޭނާ ވަނީ ސޮއިކޮށްފައެވެ.

ހިއްސާ ކުރައްވާ!