އިސްރާއީލު ސިފައިން ހުލަނގު އައްސޭރީގެ ރަން ފިހާރަތައް ލޫޓުވާލައިފި

ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އިސްރާއީލު ސިފައިންގެ ހަމަލާތައް އިތުރުވެފައިވާ ކަމަށް ފަލަސްތީނު ވަސީލަތްތަކުން މައުލޫމާތު ދެއެވެ. ހުޅަނގު އައްސޭރީގެ ނާބުލުސް ސަރަހައްދުގެ ގަދީމީ އަވަށުގައި ޔަހޫދީ ސިފައިން ވަނީ މަގުތައް ބަންދުކޮށްގެން ރަން ފިހާރަތަކަށް ރެއިޑުކޮށް އެތަންތަން ލޫޓުވާލާފަ ރަންތައް ވަގަށް ނަގާފައެވެ.

މީގެ އިތުރުން، ރާމަﷲ ސަރަހައްދުގެ އުތުރު ހުޅަނގުގައި އޮންނަ އައްޖޫލް ގައި ޔަހޫދީ ޓެރަރިސްޓުންނާ ދެކޮޅަށް ނިކުތް ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ޚަލީލު ސަރަހައްދުގެ ސައީރު އަދި ތަބަޤާ އަވަށްތަކަށް ވަދެ އެތަންތަނުންވެސް އިސްރާއީލު ސިފައިން ވަނީ ވައްކަން ކޮށް ލޫޓުވާފައެވެ.

މއީ ގައްޒާގައިވެސް ޔަހޫދީ ސިފައިން ކަން ކުރި ގޮތެވެ. ގެތަކަށް ވަދެ އެތަންތަން ލޫޓޫވާލައި އެތާންތާ ހުރި އަގު ބޮޑު ތަކެތި ގެންދިޔައެވެ.

ޣައްޒާއަށް ދެމުންދާ ހަމަލާތަކާއެކު، ހުޅަނގު އައްސޭރީގައި އިސްރާއީލުން ދޭ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 970 ފަލަސްތީނު ރައްޔިތުން މަރުވެފައިވާ ކަމަށާއި، 7000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނު ވަސީލަތްތަކުން ބުނެއެވެ. އަދި 17000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުނެވެއެވެ.

 

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް