ޓޮމް ކުރޫޒް އޭނާގެ އައު ލޯބިވެރިޔާއަށް ދައްކަން ޖިމަށް ދާން ފަށައިފި

ރޭޑާ އޮންލައިންއިން ހާމަކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، 62 އަހަރުގެ ހޮލިވުޑް އެކްޓަރ އަދި ފިލްމު ޕްރޮޑިއުސަރ ޓޮމް ކުރޫޒް އޭނާގެ އައު ލޯބިވެރިޔާ އަނާ ޑީ އާމަސް އަށް ދައްކަން މާވަރަކަށް ޖިމަށް ގޮސް އުޅޭތަން ފެނެއެވެ.ADV

ކުރިން ބެން އެފްލެކްއާ ލޯނީގެ ގުޅުން ބެއްވި އަނާ ޑި އާމަސްއަށް ދައްކަން ޓޮމް ކުރޫޒް ފިޓްކޮށް ހުންނަން ބޭނުންވާ ކަމަށް ރޭޑާ އޮންލައިން އިން ބުނެފައިވެއެވެ. މިކަމާ ގުޅޭ ގޭ ގޮތުން އެ ނޫހަށް މަޢުލޫމާތު ދިން ފަރާތްތަކުން ބުނެފައިވަނީ، "ޓޮމް ދަނީ އަނާގެ ހިތް ފަތަހަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ދެކޭ ގޮތުގައި އޭނާގެ މޭމަތީގެ ލޮކި މަސްތައް ނައްތާލުމަކީ އެކަމަށް ކުރެވޭނެ މުހިންމު ކަމެކެވެ."

"މިޝަން އިމްޕޮސިބަލް" ސިލްސިލާގެ އެންމެ ފަހުގެ ފިލްމު ދާދި ފަހުން ރިލީޒްކުރި ޓޮމް ކުރޫޒް މިހާރު ވަނީ ބަރުދަން އިތުވެ ލޮކި މަސް ޖަހާފައެވެ. އޭނާހެ ހަންގަނޑު ވާންކޮށް ރީއްޗަށް ބެހެއްޓުމަށް އެކި ބާވަތުގެ ސަޕްލިމެންޓްތައް ބޭނުންކުރަމުން ދާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. "އޭނާ ޤަބޫލުކުރާ ގޮތުގައި ބަޔޯ-ހެކިންގ މެދުވެރިކޮށް އޭނާއަށް އަދި 10 އަހަރަށް ޒުވާން ކަން ދެއްކިދާނެއެވެ." އޭނާގެ ގާތް ފަރާތަކުން ކިޔައި ދެއެވެ.

ފާއިތުވި މަސްތަކުގައި އުމުރުން 37 އަހަރުގެ ކިއުބާއާއި ސްޕެއިން އަންހެން ތަރި އަނާ ޑި އާމަސްއާއެކު ޓޮމް ކުރޫޒް ޖޯޑުކޮށް ދަތުރުތައް ކުރަމުންދާ ތަން ފެނިފައިވެއެވެ. މިދިޔަ އޭޕްރީލް 29 ވަނަ ދުވަހު، އަނާގެ 37 ވަނަ އުފަންދުވަހަށް އެ ދެ މީހުން ލަންޑަނަށް ވެސް ޒިޔާރަތްކުރި އެވެ.

ހިއްސާ ކުރައްވާ!