އާމިރު ޚާންގެ ތިންވަނައަށްވެސް އިނީ މުސްލިމަކާ އެއް ނޫން!

ބޮލީވުޑްގެ "މިސްޓަރ ޕާފެކްޝަނިސްޓް" އާމިރު ޚާން، އޭނާގެ ގާތް ހިންދޫ އެކުވެރިޔާ ގޯރީ ސަޕްރަތާއެކު ކައިވެނީގެ ގޮތުން ގުޅިއްޖެ އެވެ. މުމްބާއީގައި ހުންނަ އާމިރުގެ އަމިއްލަ ގޭގައި އާދީއްތަ ދުވަހު ބޭއްވި ސާދާ ރަސްމިއްޔާތެއްގައި މި ދެމަފިރިން ވަނީ އެމީހުންގެ ގުޅުން ރަސްމީކޮށްފަ އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުކުރާ ގޮތުގައި، މި ކައިވެނި ރަޖިސްޓްރީކޮށްފައިވަނީ 'ސްޕެޝަލް މެރިއޭޖް އެކްޓް’ގެ ދަށުންނެވެ. އާމިރުގެ ދިރިއުޅުމުގެ މި ވަގުތުކޮޅު ހިއްސާކުރީ އެންމެ ގާތް ރަހުމަތްތެރިންނާއި އާއިލީ މެންބަރުން އެކަންޏެވެ. މި ރަސްމިއްޔާތުގައި އާމިރުގެ ދަރިން ކަމަށްވާ ޖުނައިދު، އައިރާ، އަދި އާޒާދު ވެސް ބައިވެރިވި އެވެ.

އާމިރާއި ގޯރީގެ ލޯބީގެ ވާހަކައަކީ 25 އަހަރު ދުވަހުގެ ދިގު ފަސާނާއެކެވެ. ދެމީހުން ދަންނަތާ ގިނަ ދުވަސްތަކެއް ވީ ނަމަވެސް، 2024 ވަނަ އަހަރު އަލުން ގުޅުން ބަދަހިވެ، އެ ގުޅުން ކައިވެންޏަކާ ހަމައަށް އައީ އެވެ.

މިދިޔަ އަހަރުގެ މާޗް މަހު، އާމިރުގެ އުމުރުން 60 އަހަރު ފުރުނު މުނާސަބަތުގައި އޭނާ ފުރަތަމަ ފަހަރަށް ގޯރީއަކީ އޭނާގެ ލޯބިވެރިޔާކަން ދުނިޔެއަށް ހާމަކުރި އެވެ. އެއީ އެތައް ދުވަހެއްގެ އިންތިޒާރަށް ފަހު، އާމިރުގެ ދިރިއުޅުމަށް އައި އާ ބާބެއްގެ ފެށުމެވެ.

މިއީ އާމިރު ޚާންގެ ތިންވަނަ ކައިވެންޏެވެ. މީގެ ކުރިން އޭނާ ވަނީ ރީނާ ދައްތާ އާއި ފިލްމު އުފައްދާ ކިރަން ރާއޯއާ ކައިވެނިކޮށްފަ އެވެ. ކައިވެނީގެ ރަސްމީ ހަބަރުތައް ފެތުރެން ފެށުމާއެކު، އާމިރުގެ ފޭނުންނާއި ބޮލީވުޑްގެ އެކުވެރިން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މި ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ. އާމިރުގެ ލޯބީގެ މި އާ ދަތުރު ފެށިގެން މިދިޔައީ އޭނާގެ ގާތް މީހުންގެ ހެޔޮ އުންމީދުތަކާ އެކުގަ އެވެ.

ހިއްސާ ކުރައްވާ!