ހައުސްފުލް5ގައި ރަންޖީތު ޑޮބްރިއާލް މަރުވުމާ ގުޅިގެން، އޭނާގެ ދަރިފުޅު ޑޭވް އުފަންދުވަހުގެ ފާހަގަކުރުން ކުރިއަށް ގެންދަން ބޭނުންވެއެވެ. ރަންޖީތުގެ ވާރުތަވެރިޔާ ހޯދުމަށް ޑީއެންއޭ ޓެސްޓް ހަދަން އުޅެނިކޮށް، ޑޮކްޓަރު ވެސް މަރުވެއެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކަށް ޝައްކުކުރެވެއެވެ. ފިލްމު ކުޅެފައި ވަނީ ކުރޫޒު ލައިނަރ އެއްގައެވެ.
ފިލްމުގެ މަންޒަރުތަކުގެ ރީތިކަމާއި، ލަވަތަކުގެ ހިތް ގައިމުކަން ފާހަގަކުރެވެއެވެ. ނަމަވެސް ފިލްމުގެ ދިގުކަމާއި، ޑައިލޮގްތަކުގެ ފެންވަރު ދަށްކަން ފާހަގަކުރެވެއެވެ. އަކްޝޭ ކުމާރު އާއި ރިތޭޝް ދޭޝްމުކްގެ އެކްޓިންގ ރަނގަޅުވިއަސް އަބިޝެކް ބައްޗަންގެ އެކްޓިންގ އާދައިގެ ކަމަށް ބުނެފައިވެއެވެ. އަދި އަންހެން ތަރިންގެ ކުޅަދާނަކަން ދެއްކިފައެއް ނުވެއެވެ. 
އަކްޝޭ ކުމާރު މައިގަނޑު ރޯލެއް އަދާކުރާ "ހައުސްފުލް 5″ ބޮޑު ސްކްރީނަށް ނެރެފިއެވެ. މިހާތަނަށް ލިބިފައިވާ ޓިކެޓް ވިއްކުމުގެ މަޢުލޫމާތުން ދައްކާ ގޮތުގައި، ފިލްމުގެ ފުރަތަމަ ދުވަހުގެ އާމްދަނީ 20 ކްރޯރު ރުޕީސްއާ ކައިރިވާނެ ކަމަށް ލަފާކުރެވެއެވެ. މިއީ މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ މަތީ އާމްދަނީއެކެވެ. ނަމަވެސް މީގެ ކުރީގެ ފިލްމު "ޗާވާ" އަދި "ސިކަންދަރު" އަށް ވުރެ ދަށް އަދަދެކެވެ.
"ޗާވާ" ގެ ފުރަތަމަ ދުވަހު 28.5 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބި، އިންޑިއާގެ އެންމެ ކާމިޔާބު ފިލްމުބު ފިލްމުތަކުގެ ތެރޭގައި ހިމެނިފައި ވެވެ. ސަލްމާން ޚާންގެ "ސިކަންދަރު" އަށް ފުރަތަމަ ދުވަހު ގާތްގަނޑަކަށް 25 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބުނެވެ. ނަމަވެސް މި އެފިލްމަށް ފާޑުކިޔުންތަކެއް ކުރިމަތިވެ އެހާ ކާމިޔާބެއް ނުވިއެވެ.
"ހައުސްފުލް 5″ އަށް "ސިކަންދަރު" އަށް ވުރެ މަތީ އާމްދަނީއެއް ލިބޭތޯ އަމާޒުކުރެވުނު ނަމަވެސް، އެޑްވާންސް ޓިކެޓް ވިއްކުން ލަސްވުމުގެ ސަބަބުން އެކަން ވާނެ ކަމަކަށް ނުބެލެވެއެވެ. ކުރީގެ "ހައުސްފުލް" ސިލްސިލާގެ ފިލްމުތަކާ އެއްވަރަށް ޓިކެޓް ވިއްކިފައިވާނަމަ، ފުރަތަމަ ދުވަހު 25 ކްރޯޑު ރުޕީސްއަށް ވުރެ މަތިން، 30 ކްރޯޑު ރުޕީސްއާ ކައިރި އަދަދަކަށް އާމްދަނީ ލިބުމުގެ ފުރުޞަތު އެބަ އޮތެވެ.
މިހާރު މިއަހަރުގެ ތިންވަނައަށް އެންމެ މަތީ އާމްދަނީ ލިބުނު ފިލްމަކީ "ރެއިޑް 2″ އެވެ. މި ފިލްމަށް ފުރަތަމަ ދުވަހު ގާތްގަނޑަކަށް 19 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބުނެވެ. "ރެޓްރޯ"، "ހިޓް 3″ އަދި "ޓޫރިސްޓް ފެމިލީ" ފަދަ ވާދަވެރި ފިލްމުތަކާ އެކުވެސް މި ފިލްމު ވަނީ ކާމިޔާބުވެފައެވެ. މިހާރު 2025 ވަނަ އަހަރުގެ އެންމެ މަތީ އާމްދަނީ ލިބުނު ބޮލީވުޑް ފިލްމުތަކުގެ ހަތަރުވަނަ އަދި ފަސްވަނަ ގޮނޑިތަކުގައި "ސްކައި ފޯސް" އަދި "ޖާޓް" ހިމެނެއެވެ.






