ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކް ޚާނާއި އާއިލާ އަދި އެއް އަހަރު ވަންދެން ކުއްޔަށް ގެއިން ބޭރުގައި އުޅޭނެ ކަމަށް ގައުރީ ޚާން ބުނެއެވެ. ޚާންގެ މަންނަތު މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ނިއުސް18 އާ ވާހަކަ ދައްކަމުން ޚާންގެ އަންހެނުން ގައުރީ ޚާން އަކީ ގޭގެ އިންޓީރިއާ ޑިޒައިންގެ މަސައްކަތުގައި އުޅޭ ފަރާތެވެ. ގައުރީ ޚާން ބުނިގޮތުގައި ގެ މަރަމާތު ކުރުމުގެ މަސައްކަތް އެއްކޮށް ނިމޭނީ 2026ގައެވެ.
މީގެ އިތުރުން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ޝާހްރުކް ޚާން އާއި ގައުރީ ޚާނާއި އެކު ކުދިން ސުހާނާ، އާރިޔަން އަދި އަބްރާމް ދިރިއުޅެމުން ދަނީ މުމްބާއީގެ އެންމެ އަގުބޮޑު ޕާލީ ހިލް އަވަށުގައެވެ.
މިހާރު އުޅޭ ގޭގައި މަހު ކުލީގެ ގޮތުގައި 439,200 ދިވެހި ރުފިޔާ ޖެހެއެވެ. އަދި މުޅި 3 އަހަރަށް، 16 މިލިއަން ދިވެހި ރުފިޔާ ދައްކާނެއެވެ.
ޝާހުރުޚު ޚާންގެ ދެން އަންނަ ފިލްމުގައި އޭނާގެ ދަރިފުޅު ސުހާނާ ޚާންއާއެކު ފެނިގެން ދާނެއެވެ. އެފިލްމު ޑައިރެކްޓް ކުރަނީ، ސިދާތު އާނަންދު އެވެ. އަދި އެހެން ތަރިންގެ ތެރޭގައި، ދީޕިކާ ޕަޑުކޯން، ރާނީ މުކަރްޖީ، އަބިޝެކް ބައްޗަން، ޖެކީ ޝްރޮފް، އަނިލް ކަޕޫރު، އަރްޝަދު ވާސީ، އަބޭ ވަރްމާ، ސައުރަބް ޝުކްލާ، ފަދަ މުހިންމު ތަރިން ފެނިގެންދާނެއެވެ.
މިފިލްމު، 2026 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ސިނަމާތަކަށް އަންނަން ހަމަޖެހިފައިވެއެވެ. މި ފިލްމުގައި ޚާން ފެނިގެންދާނީ ޤާތިލެއްގެ ރޯލުންނެވެ.







