ލޮސް އެންޖެލިސްގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފި

ރައީސް ޑޮނަލްޑް ޓްރަމްޕް މުހާޖިރުންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނާ ގުޅިގެން އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު ސިޓީގެ ބައެއް ސަރަހައްދުގައި ކާފިއު އިއުލާން ކޮށްފައިވާ ކަމަށް ލޮސް އެންޖެލިސްގެ މޭޔަރު ކެރެން ބާސް އިއުލާން ކުރައްވައިފި އެވެ.

ޑައުންޓައުން ސަރަހައްދުގައި ކާފިއު ހިންގާފައި ވަނީ ރޭނގަނޑުގެ 8 އިން ހެނދުނު 6 އަށެވެ.

ހަމަނުޖެހުންތަކުގައި ގިނަ ވިޔަފާރިތަކަށް މިހާރު އަސަރުކޮށްފައި ވެއެވެ. ރޭ އެކަނިވެސް 23 ވިޔަފާރިއެއް ލޫޓުވާލާފައިޥާ ކަމަށް ބާސް ނޫސްވެރިންނަށް މައުލޫމާތު ދެއްވިއެވެ. ބާސް ވިދާޅުވީ ކާފިއު ތަންފީޒު ކުރަމުންދާނީ ސިޓީގެ ބައެއް ސަރަހައްދުތަކަށެވެ.

އެމެރިކާ ރައީސް ވަނީ މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސިފައިން ފޮނުވާފައެވެ.

ކެލިފޯނިއާގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ވަނީ ޓްރަމްޕްގެ ސިފައިން ނެރުން ކުށްވެރި ކުރައްވައި އެއީ "ބާރުގެ ނާޖާއިޒު ފައިދާ" ނެގުން ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމަނުޖެހުންތައް ކޮންޓްރޯލުން ނެއްޓީ އެހިސާބުން ކަމަށް އޭނާ ވިދާޅުވެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް