އައު ބްލޮގެއް ފެށުމަށް މި ބްލޮގް ނިންމާލަނީ!
އީރާނުން ކުޑަ ގޮތަކަށް އަދި މި ހަމަލަތަކުގައި ޓެސްތް ކޮށްފައި ވަނީ: ޤަދްރު | ޚައިބަރު | ޢިމާދް މި ތިން ވައްތަރުގެ މިސައިލެވެ. އަދި ތެލްއަވީވް މައްޗަށް ޤާސިމް ސުލައިމާނީ ބެލެސްޓިކް މިސައިލްވެސް ވަނި ޓެސްޓް ކޮށްފައެވެ. އީރާނުން ބުނަނީ ކުރީ ޖީލުގެ މިސައިލްގެ ސްޓޮކް ހުސްކޮށްފައި ނޫނީ އައު ސްޓޮކް ބޭނުން ނުކުރާނެ ކަމަށެވެ. އިޒްރޭލުން ލަފާ ކުރާ ގޮތުގައި އީރާންގައި 20 ހާހާއި 90 ހާހާ ދެމދުގެ އަދަދަކަށް މިސައިލް އެބަ ހުއްޓެވެ. ރެއަކަށް 150 ކަމަށް ބެއްޔަސް އަދި ގުދަންުގެ ބައިކުޅަ ބައިވެސް ހުހެއް ނުވާނެ އެވެ!

ބިން ފޭރިގަނެފަ ބޭނުން ހިސާބަކުން ފުޅަފި ޖަހައިގެން އަމިއްލައަށް އިން ވަކިކޮށްގެން. މިއީ ފަލަސްޠިނުގެ ބަދަވީން ދިރިއުޅޭ ނަޤަބް ސަހަރާގައި ފަހުން ހިފާފަ ހުރި ބިންތައް.

ބޭރުގައި ތިބި ޔަހޫދީންވެސ ްވަކި ގޮތެއް އަންގަންދެން މަޑުކޮށް ތިބުމަށް އެންގި.
އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ ރައްޔިތުންނަށް އެއްގަމުން މަގުން ޖޯޑަން ނޫނީ މިސްރު މެދުވެރިކޮށްވެސް ސަލާމަތީ ސަބަބުތަކަށްތަކައި ދަތުރު ނުކުރުމަށް
އިޒްރޭލުގެ ގައުީި އެއާލައިނ އެލްއާލް ގެ ހުރިހަިއ ދަތުރެއް މާދަމާއާ ހަމައަށް ހުއްޓާލައިފި. އަދި މޮސކޯއަށް ބާއްވާ ދަތުރުތައް 23ވަނަ ދުވަހާ ހަމައަށް ހުއްޓާލައިފި. އަދި މުއްދަތު އިރުކުރަންވެސް ޖެހިދާނެ ކަމަށް ބުނޭ
އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ މިއަދު ބަންދު ވާނެ ކަމަށް އިއުލާން ކޮށްފި. އިޒުރޭލުގެ ތަރުޖަމާނަކަށ ްވެގެން އުޅުނު އެމެރިކާގެ އެމްބެސެޑަރު މައިކް ހަކަބީ ވަނީ އީރާންގެ މިސައިލަށް ބިރުން ފިލާފަ. އޭނާ އިއުލާން ކޮށްފައި ވަނީ މިހާލަތުގައި އެމެރިކާ އެމްބަސީ މުވައްޒަފުން ނެރެގެން ކޮންސިއުލާ ސާވިސްއެއް ނުދެވޭނެ ކަމަށް.

އީރާނުން ހަމަލަތައް އަމާޒުކޮށްފައިވަނީ އުއްމުއްރަޝްރާޝް (އިޒްރޭލުން ހިފާފަ ނަން ބަދަލުކޮށްފައިވާ އީލާތު) އިން ފެށިގެން އުތުރަށް ޓެލްއަވީވް (ޔާފާ) ސަރަހައްދާ ހަމައަށް
ފަލަސްޠީނުގެ މައްސަލައަކީ އަރަބިންގެ އެންމެ މުހިންމު މައްސަލަ. އެމައްސަލަ ހައްލު ނުކުރެވޭނަމަ، މެދުއިރުމަތީގައި ސުލްހަ ގާއިމެއް ނުކުރެވޭނެ ކަމަށް ހެންރީކިސިންޖަރު އަބަދުވެސް ބުނަމުން ދިޔަ: ކުވެއިތުގެ މުޙައްލިލު. ޢަބްދުﷲ އައްނަފިސީ

ބޮމުން ރައްކާތެރި ވުމަށް އިޒްރޭލުގައި ބިންގަރާސްތައް ހަދަން ފެށީ 1992ގެ ފަހުން. އިޒްރޭލުގެ ދިރާސާއަކުން ދައްކާ ގޮތުގައި ބޮމުން ރައްކާތެރި ވެވެނީ އާބާދީގެ 40 ޕަސެންޓް މީހުންނަށް. ޖުމުލަ 12 ހާސް ބޮން ބިން ގަރާސް ހުރި ކަމަށް ބުނޭ. މި ތަންތަނަކީ ޔަހޫދީންނަށް ހުންނަ ތަންތަން. އިޒްރޭލުގެ އަސްލު ރަށްވެހިން ކަމަށްފާ ފަލަަސްޠީނުގެ އަރަބިންނަށްް މިތަންތަނަށް ނުވަދެވޭނެ.
އީރާންގެ ހަމަލަތަކާއެކު އިޒްރޭލު މީހުން އެއްކޮށް ހިސާރު ކޮށް ވަށައި ލެވިއްޖެ. ބޭރު ވާނެ ގޮތެއް ނެތް. އެއްގަމު މަގުތައްވެސ ްބަންދު. ރަފަޙަ ބޯދަރު ބަންދު. ހުލަނގު އައްސޭރިން ޖޯޑަން ވާދީ ހުރަސްކޮށް ޖޯޑަންއަށް ބިރުން ދެވޭނެ ގޮތެއް ނެތް. ވައިގެ ދަތުރު ފަތުރު ބަންދު:

އީރާނުން އިޒްރޭލުގެ އުތުރަށް ހަމަލައެއް ދީފި
މިހާރު އީރާން ގަޑިން 6:34 ހެނދުނު
މިހާރު އިޒްރޭލު ގަޑިން 5:05 ފަތިހު
ގައްޒާ މީހުންގެތައް ސުންނާފަތިކޮށްލި މީހުންނަށް އީރާނުގެ އަދަބު ދިނުން:


____________
އިޒްރޭލަކީ ކުޑަކުދިން މެރުމަށް ޚާއްސަ ޝަައުގުވެރިކަމެއ ްގެންގުޅޭ ގައުމެއް: އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖުމާން އިސްމާޢީލް ބަޤާއީ.
އިޒްރޭލުން ވަނީ ތެހެރާންގެ ޙަކީމް ކުޑަކުދިންގެ ހަސްފަތާލަށް ބޮން އަޅައި ގިނަ އަދަދެއްގެ ކުޑަކުދިން ޝަހީދުކޮށްފައި. އިޒރޭލަކީ ބިރަކާއި ޣައްޒާގައި ކުޑަކުދިން ޝަހީދުކޮށްލައި އުފާ ލިބިގަންނަ މުޖުރިމުންތަކެއް
އީރާންގައި ސައިކޮލޮޖީ އޮފް ޑިމޮކްރެސީ މިއަދު ޝާއިއުކޮށްފި
މިއަދުގެ ފަތިހުގެ ހަމަލައާ ނުލައި މިހާތަނަށް އީރާންގެ 9 ހަމަލަ، ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިންދާފައިވާ ޒަޔަނިސްޓުންގެ ނިޒާމާ ދެކޮޅަށް

ހިފާފައިވާ ބިންތަކުން ޒަޔަނިސްޓުންނަށް އެންމެ ރަނގަޅު ވާނީ ފައިބައިގެން ދިއުން: އީރާންގެ އިންގިލާބީ ސިފައިންގެ ތަރުޖުމާން، ކާނަލް ރިޒާ ސައްޔާދު

އީރާން ބައިބައި ކޮށްލުމަށް ޔަހޫދީން ފަތުރާ ޕްރޮޕެގެންޑާއާ ދެކޮޅަށް ރައްޔިތުން ތިބީ ހޭލައި. އީރާން ރައްޔިތުން ތިބީ އެކަތި ގަނޑަކަށް.

ކުރިން އީރާނުން އީރާނުން ކިޔަމުން އައީ މަރްގް ބި އަމްރީކާ | މިހާރު މަގްރް ބި އިޒްރޭލް (އިޒްރޭލަށް މަރު)
އީރާނުން ބުނަނީ އީ3 (ޔޫރަޕްގެ ތިން ގައުމު: ފްރާންސް ޖަރމަނީ އަދި އިނގިރޭސިލާތު)ގެ މުނާފިގުކަން އީރާނާ ދެކޮޅަށް ޔަހޫދީ ޓެރަރިސްޓް ހަމަލައިން ފެނިގެން ދާކަމަށް؛ މިމީހުން ވަނީ އިޒްރޭލަށް ހިތްވަރު ދީފަ.

އިޒްރޭލުގެ ޓެރަރިސްޓް ހަމަލަތަކަށް ހުޅަނގުން ވާގިވެރިވެ ހިތްވަރުދޭ
. نَصْرٌ مِّن اللَّهِ وَفَتْحٌ قَرِيبٌ
އިޒްރޭލުން ބިރަކާ ނުލައި ހަމަލަ ދެނީ މަދަނީންނަށް އަމާޒުކޮށްގެން އާބާދީއެއް ބިރު ގަންނަވާލުމަށް
އިޒްރޭލުގެ ބައޯމެޑިކަލް ރިސާޗް އިންސްޓިއުޓްގެ މުުވައްޒަފުންނަށް ދުވަސް ކޮޅަކަށް ޗުއްޓީ ލިބޭ ގޮތް ވެއްޖެ
ފަތިހުވެސް ޔަހޫދީންނަށް ނިދަން ފުރުސަތެއް އީރާނުން ނުދިން | އިޒްރޭލް: ސަތޭކަ ޑްރޯނަށް ހުރަސް އަޅައިފިން
އީރާން ހަނގުރާމަ ކުރަނީ އެކަނި. އިޒްރޭލަށް ޖޯޑަންއިންވެސް އީރާންގެ މިސައިލްތައް ވައްޓާލުމަށް އެހީވެދޭ
އިރުކޮޅެއް ކުރިން އީރާނުން އައު ހަމަލަތަކެއް އިޒްރޭލަށް ދީފި
ރޭ އީރާނުން ދިން ހަމަލައިން ހައިފާގެ އަލިފާން ނިއްވާ މީހުން ބިޒީކޮށްލައިފި

ޖީ7ގެ ސަމިޓްގައި ބައިވާން ކެނެޑާއަށް ފުރަމުން ޓްރަމްޕް ބުނަނީ މިހާރު އީރާނާއި އިޒްރޭލާ ދެމެދު ޑީލެއް ހަދަން ވެއްޖެ ކަމަށް:
ޖީ7ގެ ސަމިޓުން ފާސްކުރުމަށް ޖަރުމަންގެ ޗާންސެލަރ ވަނީ ޔަހޫދީ ހުށަހެޅުމެއް ހުށަހަޅާފަ.
ޓެލްއަވީވްގައި އީރާނުން ގޮއްވާލި ބިލްޑިންގަކުން އިތުރު ބައެއްގެ ގަބުރުތައް ފެނިއްޖެ
ހުޅަނގު އައްސޭރި ޙިސާރުކޮށްފައި: ހުޅަނގު އައްސޭރީގައި އީރާނުގެ ކާމިޔާބު ހަމަލަތަކަށް އުފާފާޅުކޮށް ހެދުން މަނާކަމަށް އިޒްރޭލުގެ ސިފައިން ލައުޑުން އަންގައިފި
އީރާންގެ ފޮރިން މިނިސްޓްރީއަށް ވެސް އިޒްރޭލުން ހަމަލަދިން (އިޒްރޭލުގެ ފޮރިން މިނިސްޓްރީއަށް އީރާނުން ހަމަލަ ދިނުން އޯކޭ ކޮށްދީފި)
އިޒްރޭލުގެ ދެވަޒީރަކާ ހަވާލާދީ މީޑިއާއިން ބުނަނީ އިޒްރޭލަށް އީރާނުން އޮއްސަމުންދާ މިސައިލްގެ ހަމަލަތަކުން ކުއްލި ހާލަތު އަދި އެތައް މަހަކަށް ދެމި އޮވެދާނެ ކަމަށް.
