އިޒްރޭލުގެ ބައެލޮޖިކަލް ހަތިޔާރު ދިރާސާ ކުރާ މަރުކަޒު ނައްތާލައިފި

އިޒްރޭލުގެ ބައެލޮޖިކަލް ހަތިޔާރު އުފައްދާ އިންސްޓިޓިއުޓްގައި މަސައްކަތްކުރާ ބައެއް ދިރާސާވެރިންނާ ހަވާލާދީ ރިޕޯޓްތައް ބުނަނީ އެ އިންސްޓިއުޓްގައި އަހަރުތަކެއް ވަންދެން ކުރި މަސައްކަތް ވަނީ އެއްކޮށް ލަހާކު ވެފައެވެ. އަދި ކުރިން ދިރާސާ ކުރި ވަރަށް އައުމަށް އަދި އެމީހުންނަށް ދެ ތިން އަހަރު ނަގާނެ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް މޮލިކިއުލަރ އެންޑް ސެލް ބަޔޮލޮޖީގެ ވެޓެރަން ރިސާޗަރެއް ކަމަށްވާ ޕްރޮފެސަރ އެލްޑާޑް ޓްސާހޯރ ބުނަނީ "އަހަރެން މި އިންސްޓިޓިއުޓްގައި އުޅެ އެތަން ވަނީ އަހަރެންގެ ގެއަކަށް ވެފައި މިހާރު 22 އަހަރު ވެއްޖެ. ގޮއްވާލި ތާ ގަޑިއެއްހާއިރު ފަހުން ތަސްވީރުތައް އަންނަން ފެށީ" އަދި މީހުން އޭނާ ކައިރީގައި ލެބް މިހާރު ނެތޭ ބުނުމުން ވަރަށް ދެރަވި ކަމަށް ބުންޏެވެ. އިޒްރޭލުން އޮތީ މިތަނަށް ލިބުނު ގެއްލުން ސިއްރު ކޮށްފައެވެ.

އޭނާ ބުނީ އެދުވަހު ހެނދުނު ބާކީ ހުރި ތަން ބަލަން ނުކުތް ކަމަށާއި ފެނުނީ "ތިން ބުރި މުޅިން ވެއްޓިފައިވާ ތަން. އެއްވެސް ކަމެއް ނެތް. ހުރިހާ ތާރީހެއް، ސައިންސެއް، ފޮޓޯތަކެއް، ހަނދާނީ ތަކެތި- ހުރިހާ އެއްޗެއް ނެތިގެން ދިޔައީ ތަނުގައި ހުރި. ހުރިހާ އެއްޗެއް ފޮހެވިއްޖެ" ކަމަށް ބުންޏެވެ.

މިއީ ނަތަންޔާހޫ މަގާމުގައ ހުންނަން ބޭނުންވެގެން އީރާނަށް އިސްވެ ދިން އުދުވާނީ ޓެރަރިސްޓް ހަމަލައަށް ބަދަލު ހިފުމަށް އީރާނުން ދިން ހަމަލައިން ލިބުނު ގެއްލުމެވެ.

އީރާނުން ޒަޔަނިސްޓް އުދުވާނަށް ބަދަލު ހިފާފައި ވަނީ އދގެ 51 ވަނަ މާއްދާއިން ބާރު ލިބިގެންނެވެ.

އީރާނުން ވަރަށ ްކާމިޔާބު ހަމަލަތައް ދެމުން ދެއެވެ. ނަމަވެސް ފޮޓޯއާއި މައުލޫމާތު ހާމަ ކުރުން ވަނީ މަނާ ކޮށްފައެވެ. އެކަން ކުރާ މީހުން ހައްޔަރު ކުރަމުން ދެއެވެ. ހައިފާގެ ތެޔޮ ސާފުކުރާ ތަނުގެ ފޮޓޯ ނެގި ބަޔަކު މިއަދު ވަނީ ހައްޔަރުކޮށްފައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް