ރަޝިޔާގެ ޝޮއިގޫ އުތުރު ކޮރެއާގެ ލީޑަރާ ސިއްރު މަޝްވަރާތަކެއް ބާއްވައިފި

އުތުރު ކޮރެއާއަށް ކުއްލި ދަތުރެއްގައި ވަޑައިގެން ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ ޝޮއިގޫ ސިއްރު މަޝްވަރާތަކެއް ބާއްވައިފިއެވެ. ނަމަވެސް މީޑިއާއަށް ބައެއް ތަފްސީލު ވެސް ދެއްވި އެވެ. އޭނާ ވިދާޅުވީ:

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން  ވަނީ ކަރސްކް ސަރަހައްދު އަލުން އާލާކުރުމަށް އެހީތެރިވުމަށް 1،000 ހަނގުރާމަ މަތީ ތަޖުރިބާކާރު އިންޖިނިއަރުންނާއި 5،000 އަސްކަރީ ބިލްޑަރުން ފޮނުވާން ނިންމަވާފައެވެ.

ކިމް ޖޮންގް އުން ވަނީ ރަޝިޔާގެ ސަރަހައްދުގައި ޔުކްރޭން އިން ވަޅުލާފައި ހުރި މައިންތައް ސާފުކުރުމަށް 1،000 ތަޖުރިބާކާރުން ރަޝިޔާއަށް ފޮނުވުމުގެ އިތުރުން ރަޝިޔާއިން މިނިވަންކޮށްފައިވާ ސަރަހައްދުގައި ހަލާކުވެފައިވާ އިންފްރާސްޓްރަކްޗާ އަލުން ގާއިމް ކުރުމަށް 5،000 އަސްކަރީ ކޮންސްޓްރަކްޝަން މަސައްކަތްތެރިން ފޮނުވަން ވެސް ނިންމާފައި، ކަމަށް ޝޮއިގޫ ވިދާޅުވި އެވެ.

ޝޮއިގޫ ވިދާޅުވި ގޮތުގައި ކަރސްކް ސަރަހައްދު މިނިވަން ކުރަމުން ދަނިކޮށް މަރުވި ކޮރެއާ ސިފައިންގެ ހަނދާނީ ބިނާތައް އުފެއްދުމަށް ވެސް މޮސްކޯ އާއި ޕިއޮންގްޔަންގް އިން ވަނީ ރާވާފަ އެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް