ޓްރަމަޕްގެ ޑިޕްލޮމެސީގެ ރިވެތި އާދަކާދައިން އެއްކިބާވެ އީރާނުގެ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއިއަށް ޓެރަރިސްޓް ހަމަލައެއް ދިނުމަށް ބިރު ދެއްކުމަށް ފަހު މިއަދު ހެނދުނު، އީރާންގެ ލީޑަރު އިބްރާނީ ބަހުން ޓުއީޓެއް ކުރައްވައިފިއެވެ. މީގެ ކުރިންވެސް އޭނާ ޔަހޫދީންގެ ބަހުން ޓުއީޓުތައް ކުރައްވފައި ވެއެވެ. މިއަދު ކުރެއްވި ޓުއީޓުގައި ވިދާޅުވަނީ:
"އަޅުގަނޑުމެން ޓެރަރިސްޓް ޒަޔަނިސްޓް ނިޒާމާ ދެކޮޅަށް ބާރުގެ ބޭނުން ކުރާނަމެވެ.
އަޅުގަނޑުމެން ޒަޔަނިސްޓުންނަށް އޯގާތެރިކަމެއް ނުދައްކާނަމެވެ."
ޔަހޫދީން އާބާދީ ހުސްކުރަން ޖެހޭ ތަންތަނާ ބެހޭ އިރުޝާދުވެސް އީރާނު ސިފައިންގެ ފަރާތުން އިބްރާނީ ބަހުން ދެމުން ގެންދެއެވެ.
יש לפעול בעוצמה נגד הישות הציונית הטרוריסטית.
לא ננהג בסלחנות כלפי הציונים.
— Khamenei.ir Hebrew (@Khamenei_Heb) June 18, 2025

