އެމެރިކާގެ ވެރިރަށުގައި ނޭޝަނަލް މޯލް ކުރިމަތީގައި ޓްރަމްޕަށް ފާޑު ކިޔައި އައު ހަނދާނީ ބިނާއެއް ބަހައްޓައިފިއެވެ. މި ހަނދާނީ ބިނާއަކީ ވަގުތީ ބިނާއެކެވެ.
މި 8 ފޫޓު އުސްމިނުގެ ހަނދާނި ބިނގައި ވަނީ ރަން ކުލައިގެ އަތެއް ތަމްސީލު ކޮށްދީފައެވެ. މި އަތުން ވަނީ ބޮނޑުވާ އިގިލިން ނިޝާން ދައްކަމުން އެމރިކާ މީހުންގެ މިނިވަންކަމުގެ ރަމުޒު ސްޓެޗޫ އޮފް ލިބަރޓީގެ ތާޖު ތަޅާލާފައެވެ.
މޯލް ކައިރީގައި މި ބިނާ ބަހައްޓާފައިޥާ ތަން ބަލަހައްޓާ އިދާރާއިން ވަނީ މި ބިނާ 22 ޖޫން އާ ހަމައަށް ބެހެއްޓުމަށް ހުއްދަ ދީފައެވެ.
މިއީ ޓްރަމްޕްގެ ޚުރުމުޚުތާރު ގޮތްތަކާ ދެކޮޅަށް ކިޔާލު ފާޅު ކުރުމުގެ ފަންނީ މަސައްކަތެއް ކމަށް މިކަން އިންތިޒާމު ކުރި ފަރާތުން ބުނެއެވެ.
ވައިޓްހައުސްއިން ވަނީ މި ބިނާއަކީ ތާކުންތާކު ނުޖެހޭ ފަންނީ މަސައްކަތެއް ކަމަށް ބުނެ މަލާމަތް ކޮށްފައެވެ.
މި ބިނާގެ އެންމެ ފާހަގަ ކުރެވޭ ކަމަކީ ޓްރަމްޕްގެ ޚުދު މުޚުތާރު ވައްޓަފާޅިއަށް ތާއިދުކޮށް ބައެއް ލީޑަރުން ބުނެފައިވާ ވާހަކަތައް މީގައި ދައްކާފައި ވުމެވެ.



