މިއަދު ރަޝިޔާގެ ސެއިންޓް ޕީޓާޒްބަރގްގައި އިފްތިތާހު ކުރާ އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމް (އެސްޕީއައިއީއެފް) ގައި 95 ބިލިއަން ޑޮލަރުގެ ކޮންޓްރެކްތްތަކުގައި ސޮއިކުރުމަށް ހަމަޖެހިފައި ވެއެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ރަޝިޔާގެ އެކްސްޕޯޓަށް އައު ހިތްވަރެއް ލިބިގެން ދާނެއެވެ.
މި ފޯރަމް ޖޫން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ދުނިޔޭގެ 140 އަށް ވުރެ ގިނަ ގައުމުގެ 20،000 އެއްހައި މަންދޫބުން މި ފޯރަމްގައި ބައިވެރިވާނެ ކަމަށް ލަފާ ކުރެވެއެވެ.
ސެއިންޓް ޕީޓާޒްބަރގްގެ ފޯރަމް އޮންނާނީ "ޝެއާޑް ވެލިއުސް: ދަ ފައުންޑޭޝަން އޮފް ގްރޯތް އިން އަ މަލްޓިޕޯލާ ވޯލްޑް" ގެ ޝިއާރުގެ ދަށުންނެވެ. މިއަހަރު އެސްޕީއީއެފް 2025 ގައި ޝަރަފްވެރި މެހުމާނަކީ، ބަހްރެއިން އެވެ.

