ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ފޯނުން ގުޅުއްވައިގެން މަޝްވަރާތައް ބާއްވަވާފައެވެ. ދެ ބޭފުޅުން ވަނީ ދެޤައުމުގެ ގުޅުމާއި، ކުރިއަށް އޮތްތަނުގައި ޗައިނާގައި ބާއްވާ ސަމިޓް ބައްދަލުވުމުގެ އިތުރުން މިހާރުގެ ބައިނަލްއަޤްވާމީ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް ކެނެޑާގައި އޮތް ޖީ7ގެ ބައްދަލުވުމާއި ބެހޭ ގޮތުންވެސް ވާހަކަ ދެއްކެވިއެވެ، ނަމަވެސް މައިގަނޑު ގޮތެއްގައި ސަމާލުކަން ދެއްވީ މެދުއިރުމަތީގެ ހާލަތަށެވެ.
ދެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މިހާރުގެ ހާލަތާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި މައްސަލަތަކަށް އަސްކަރީ ހައްލެއް ނެތް ކަމަށް އެ މަޝްވަރާތަކަށް ފަހު މޮސްކޯއިން ދިން ބަޔާނުގައި ބުނެއެވެ.

