ޖަރުމަނަކީ އަދާވާތްތެރި ގައުމަކަށް ބަލައި ރަޝިޔާއިން ޖަރުމަނާ އެކު އަސްކަރީ ގުޅުން ކަނޑާލަނީ

ޖަރުމަނާއެކު އަސްކަރީ-ޓެކްނިކަލް އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމުން ރަޝިޔާއިން ވަކިވާން ގަސްތުކުރާއިރު، އެއާ ގުޅޭ އުސޫލުތައް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

"މިހާރުގެ ހާލަތުގައި ޖޫން 14، 1996 ގައި ރަޝިޔާގެ ސަރުކާރާއި ފެޑެރަލް ރިޕަބްލިކް އޮފް ޖަރުމަނުގެ ސަރުކާރާ ދެމެދު އަސްކަރީ-ޓެކްނިކަލް އެއްބާރުލުމާ ބެހޭ ގޮތުން ވެފައިވާ އެއްބަސްވުމުގެ މާނައާއި އަމަލީ ބޭނުން ގެއްލިފައިވާއިރު، ޖަރުމަނުން ޔުކްރެއިންއަށް ފާޅުގައި އެހީވެ ޢަދާވާތްތެރި ސިޔާސަތެއް ގެންގުޅޭތީވެ ރަޝިޔާއާއި ޖަރުމަނުގެ ގުޅުން މިހާރު އޮތް ހާލަތާ އެއްގޮތަކަށް ވެސް ނުގުޅޭ،" ރަޝިޔާ ސަރުކަރުން ބުނެއެވެ.

"މިކަމުގެ ސަބަބުން ރަޝިޔާ ފަރާތުން ގަސްތުކުރަނީ މި އެއްބަސްވުމުން ވަކިވާން. ކަމާބެހޭ ދާޚިލީ އުސޫލުތައް ކުރިއަށް އެބަދޭ،" ރަޝިޔާގެ ފޮރިން މިނިސްޓްރީން ބަޔާން ނިންމަމުން ބުންޏެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް