ކުޑަކުދިންނާ ދެކޮޅަށް އެންމެ އަނިޔާވެރި ބަޔަކީ ޔަހޫދީ ސިފައިން: އދ

ކުޑަކުދިންނާ ދެކޮޅަށް ހިންގާ ނުރައްކާތެރި އަނިޔާތަކާ ބެހޭ ގޮތުން ރިޕޯޓު ނެރެމުންދާތާ 24 ވަނަ އަހަރެވެ.

އަހަރަކު އެއްފަހަރު ނެރޭ މި ރިޕޯޓުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރާލެވޭ، އަނިޔާކުރެވޭ ނުވަތަ ހަނގުރާމަތަކަށް ރެކްރޫޓްކުރެވޭ ކުޑަކުދިންގެ އަދަދު ހިމަނެއެވެ. މި ރިޕޯޓުގައި ހިމަނާފައިވަނީ މިނިވަންކަމާއެކު ޞައްޙަކަން ކަށަވަރުކުރެވިފައިވާ މައްސަލަތައް އެކަންޏެވެ.

މިހާރު، އިޒްރޭލު މި ލިސްޓުގައި ހިމަނަންޖެހޭކަމުގެ ފުދޭވަރެއްގެ ހެކި ހުރި ނަމަވެސް، ގިނަ އަހަރުތަކެއް ވަންދެން އެކަން އޮތީ ނުކުރެވިއެވެ. އެއީ އދ އިން އިޒްރޭލުގެ ފިއްތުންތަކަށް ބޯލަނބައި، ރިޕޯޓުގައި އިޒްރޭލުގެ ނަން ނުހިމެނުމަށް ބަރު އަޅަމުން ދިއުމުންނެވެ.

ނަމަވެސް، މިހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ފާއިތުވި އަހަރުއެވެ. ފައިބެ އަހަރު، އިޒްރޭލު ފުރަތަމަ ފަހަރަށް މި ލިސްޓުގައި ހިމެނުނެވެ. އަދި މިހާރު ދެ އަހަރު ވިދިވިދިގެން އިޒްރޭލުގެ ނަން ހިމެނި، އިޒްރޭލު ޒަލީލުކޮށްފައި ވެއެވެ.

2024 ވަނަ އަހަރުގެ ހާދިސާތައް ގެނަސްދެމުން ރިޕޯޓުގެ އެނެކްސްގައި ބުނެފައިވަނީ، އިޒްރޭލުގެ ޔަހޫދީ ސިފައިން ލިސްޓު ކޮށްފައިވާ ސަބަބަކީ  "ކުޑަކުދިން މަރަމުންދާ އަދި މަރައި ހަދާ އަދި އަނިޔާކުރާ ފަރާތެއް"ގެ ގޮތުގއި ކަމަށާއި އަދި "ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް ހަމަލާދޭ ފަރާތެއް" ގެ ގޮތުގައި ފެންނާތީއާ އެކަމާ ގުޅޭ އުދުވާނީ މިންގަނޑުތައް އިޒްރޭލު ކިބާގައި ފުރިހަމަވާތީ ކަމަށެވެ.

ދުނިޔޭގެ ފެންވަރުގައި، 2024 ވަނަ އަހަރު ކުޑަކުދިންނާ ދެކޮޅަށް ހިންގާފައިވާ 41،370 ނުރައްކާތެރި އަނިޔާ ގެ ސައްހަ ކަން އދއަށް ކަށަވަރުވާއިރު ގިނަ އުދުވާނީ ހަމަލަ ހިންގާފައި ވަނީ ޔަހޫދީންނެވެ.

ގާތްގަނޑަކަށް 8،000 އަށްވުރެ ގިނަ އަނިޔާ ޔަހޫދީން ވަނީ ފަލަސްޠީނުގައި ހިންގާފައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް