ބަރގަރ ފަރިއްކުޅުއްވާ ޓްރަމްޕް އާންމު ގޮތެއްގައި ޗަސްކަމަށް ފެނެއެވެ. ފޮޓޯއިން ފެންނަނީ ވައިޓްހައުސްގެ ބައްދަލުވުމުގައި ތުންގަނޑު ބިމަށް ހަރައިގެން ޓްރަމްޕް ނިދާފަ އިންނަވާ މަންޒަރެވެ.
އެއާ ޚިލާފަށް ހަމަ އެވަގުތު ބައިޑެން އުޅުއްވީ މަތިންދާބޯޓެއްގައި ޓެކްސަސްއަށް ކުރައްވާ ދަތުރުފުޅެއްގައެވެ. އެ ދަތުރުގައި މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކައި ހެއްދެވިއެވެ. އޭގެ ކުރިން އޭނާ ރެސްޓޯރަކަށް ވަޑައިގަންނަވާ މަންޒަރާއި މީހުން އޭނާއާ ބައްދަލުކޮށް ވާހަކަ ދައްކައި ފޮޓޯ ނަގާ މަންޒަރުގެ ވީޑިއޯވެސް އާންމު ވެފައި ވެއެވެ.



ދޮފު ވާހަކަ ފަތުރައި ފޭކު ޖެއްސުމުގައި ހައްދުފަހަނައަޅާފައިވާ އެމެރިކާ ރައީސް ޓްރަމްޕް އަބަދުވެސް އޭނާގެ ސަޕޯޓަރުންނަށް ދައްކަން ބޭނުން ވަނީ ބައިޑެން އަކީ ހަރަކާތް ނުކުރެވޭ ދޮށީ އުމުރުގެ މީހެއް ކަމަށެވެ. ވެޓިކަންގައި އޮތް އައު ފާދިރީ މަގާމާ ހަވާލު ވުމުގެ ރަސްމިއްޔާތެއްގައި ޓްރަމްޕް ފެނިފައި ަނީ ތާއްޔާ ޖެހެނިކޮށެވެ.


