ހަމަލަތައް ހުއްޓާލުމުން އީރާން އޮތީ ވާހަކަ ދައްކަން ތައްޔާރަށް: އިރާގްޗީ

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއް ކަމަށާއި އަބަދުވެސް އައިއޭއީއޭގެ ރައްކާތެރިކަމާއި މޮނިޓަރިންގެ ދަށުން ކުރިއަށްދާ ޕްރޮގްރާމެއް ކަމަށެވެ. އަދި ބޮޑެތި ގެއްލުން ދެނިވި ހަތިޔާރާ ބެހޭ މުއާހަދާއެއްގެ ބައިވެރިއަކަށް ނުވާ މުޖުރިމު ޔަހުދީ ނިޒާމަކުން އީރާންގެ ރައްކާތެރިކޮށްފައިވާ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާދިނުމަކީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ބޮޑު ޖަރީމާއެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޔޫރަޕްގެ ގައުމުތައް ކަމަށްވާ ޖަރުމަނާއި އިނގިރޭސިވިލާތް އަދި ފްރާންސް އާއި ޔޫރަޕިއަން ޔޫނިއަން އިން އެ ހަމަލާތައް ކުށްވެރި ނުކޮށް ޔަހޫދީ މުޖުރިމުންނަށް ވާގިވެރިވުމުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އަދި އީރާނުން އަނިޔާވެރި ހަމަލަތައް ހުއްޓާލުމުން އީރާނުން ޑިޕްލޮމެސީއަށް ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަކަރުވެރި ޔަހޫދީން ހިންގި ޖަރީމާތަކަށް ޔަހޫދީން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވަރަށް ސާފުކޮށް މި ބުނަނީ އީރާނުގެ ދިފާއީ ގާބިލު ކަމަކީ އެކަމާ މެދު އެއްވެސް ފަރާތަކަށް ބަހުސް ކުރުމަށް ހުޅުވާލާނެ ކަމެއް ނޫން" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އީ3 އާއި އީޔޫއާ އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތާއީދުކުރާ ކަމަށާއި ކައިރި މުސްތަގުބަލެއްގައި އަލުން ބައްދަލު ކުރަން ތައްޔާރަށް ތިބި ކަމަށެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް