އިޒްރޭލުން ހީކުރި ވަރަށް ވުރެން އީރާނުގެ ހަމަލަތައް ވަރުގަދަވެފައި ބާރުގަދަ ކަމާއި، އަދި އީރާނުން ދެމުންދާ ހަމަލތައް އިތުރު މުއްދަތަކަށް ދެމި ދެމިގެން ހިނގައިދާނެތީ އިޒްރޭލު ރައްޔިތުން ކެތްތެރި ވުމަށް ސިފައިން އަންގައިފިއެވެ.
ޔަހޫދީ ސިފައިންގެ ޗީފް އޮފް ސްޓާފް އިޒްރޭލުގެ އާންމުންނަށް މިއަދު އަންގާފައި ވަނީ މިއީ ދިގުދެމިގެންދާ ހަމަނުޖެހުމަކަށް ވެގެން ހިނގައިދާނެ ކަމަށާއި އެކަމަށް އެންމެން ތައްޔާރުވާން ޖެހޭނެ ކަމަށެވެ.

އިޒްރޭލުން ބުނެފައި ވަނީ އީރާނަށް ދިފާއު ވުމުގެ ގާބިލުކަމާއި ހަމަލަ ދިނުމުގެ ގާބިލުކަންވެސް ލިބިފައިވާ ކަމަށާއި އަދި މިހާތަނަށް ދީފައިވާ ހަމަލައިން އީރާން ގުޑުވާލެވިފައި ނުވާ ކަމަށެވެ.
އިޒްރޭލަށް އީރާނުން ދޭ ހަމަލައިން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. އީރާނުން ދޭ ހަމަލައިން ލިބެމުންދާ މާއްދީ ގެއްލުންތަކާއި ވަޒީފާއާއި މަސައްކަތް ހުއްޓާލުމުން ލިބޭ ގެއްލުންތަކުގެ އިތުރުން ހަމައެކަނި އަސްކަރީ ހޭދައަށް ދުވާލަކަށް 300 މިލިއަން ޑޮލަރު ހޭދަ ކުރެއެވެ.
އީރާނުގެ ހަމަލަތައް ކާމިޔާބު ކަމުން އިޒްރޭލަށް ދުވާލަކަށް 300 މިލިއަން ޑޮލަރުގެ ގެއްލުން

