ކުރިން އީރާންގައި 1 ލައްކަ ޔަހޫދީން ދިރިއުޅުނު ކަމުގައިވިއަސް މިހާރު އީރާންގެ ޔަހޫދީންގެ އާބާދީއަކީ 15 ހާހެވެ. އީރާންގެ ޔަހޫދީން ވަނީ އިޒްރޭލާ ދެކޮޅު މުޒާހަރާތައް ބާއްވައި ޒަޔަނިސްޓުންނަކީ ޔަހޫދީންނޫން ކަމަށް ބުނެ އަޑު އުފުލާފައެވެ.

އީރާންގެ މީހުންގެ މުޒާހަރާ ތަކުގައި އިޒްރޭލަކީ މެދުއިރުމަތީގެ ކެންސަރެއް ކަމަށާއި އިޒްރޭލު ކެންސަރު ނައްތާލަން ޖެހޭނެ ކަމަށް ބުނެ ޕޯސްޓަރުތައް ގެންގުޅެފައި ވެއެވެ.






