ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެއްވެސް ގައުމަކުން ކުޑަކުދިން މަރާފައި ނުވާ މިންވަރަށް އިޒްރޭލުން ވަނީ ކުޑަކުދިން މަރާފައެވެ. އިޒްރޭލުން ކުޑަކުދިން މަރާލުމަށް ނިކަން ދޯޅުވާނެއެވެ. ޣައްޒާއާއި ހުލަނގު އައްސޭރީގެ ޖަރީމާތަކުގައި ކުޑަކުދިން މަރަމުންދާ ފަދައިން އީރާނުގައިވެސް ކުޑަކުދިން ތިބި ތަންތަން ހޯދައި ގަނެ އެތަންތަނަށް އިޒްރޭލުން ހަމަލަ އެވެ.
އދގެ ސަމާލަތީ މަޖިލީހުގައި އިއްޔެ އޮތް ޖަލްސާގައި އީރާންގެ މަންދޫބު އާމިރު ސައީދު އިރަވާނީ ވަނީ ޔަހޫދީން ހޯދައިގަނެ ޝަހީދުކޮށްލި އީރާންގެ ބައެއް ކުޑަކުދިންގެ ފޮޓޯތައް ދައްކާލާފައެވެ.
މި ޖަލްސާގައި އޮޅިގެން ނަމަވެސް އެމެރިކާ މަންދޫބަށް އެއްބަސްވެވުނީ އިޒްރޭލަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއް ކަމަށެވެ.

