އީރާންގެ ރައިސާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވަމުން، އިޒްޜޭލުން ދެމުންދާ އުދުވާނީ ހަމަލަތައް ކުށްވެރި ކުރެއްވި ކަމަށް މިސްރުގެ ސިސީ ރައީސް ވިދާޅުވެއެވެ.
ޕަޒަކްޝިއާންއާއެކު ބޭއްވި ފޯނުކޯލްގައި ސީސީ ވިދާޅުވީ، ޔަހޫދީންގެ ހަމަލައަށް ކަނޑައެޅިގެން ދެކޮޅު ހައްދަވާ ކަމަށެވެ. އަދި އިޒްރޭލުން މި ހަމަލަތައް ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިސްރުގެ ސިޔާސަތަކީ ސަރަހައްދީ ހަމަޖެހުން ކަމަށްވެސް މިސްރުގެ ރިއާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

