ގުޓަރެސް: ހިނގައި ދިޔައީ ނުރައްކާތެރި ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތަށް ނުރައްކާވާ ކަމެއް
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް:
އެމެރިކާއިން އީރާނާ ދެކޮޅަށް ބާރުގެ ބޭނުން ކުރަމުންދާތީ އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވޭ.
ހގައިދޔަ ކަމަކީ، މި ސަރަހައްދުގައި ނުރައްކާތެރި ހާލަތެއް މެދުވެރިވެ، ހާލަތު ގޯސްވެ، ބައިނަލްއަގްވާމީ ސުލްހައާއި ސިލްމަށް ސީދާ ނުރައްކަލެއް ކުރިމަތިވާނެ ކަމެއް.
މި ހަމަނުޖެހުން އަވަހަށް ކޮންޓްރޯލު ނުކޮށްފިނަމަ އާންމުންނާއި، މި ސަރަހައްދާއި، ދުނިޔެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ ނުރައްކާ ބޮޑުވަމުން އަންނަ ކަމަށް ދެކެން.
މި ކަންކަމަށް އަސްކަރީ ހައްލެއް ނެތް. ކުރިއަށް އޮތް ހަމައެކަނި މަގަކީ ޑިޕްލޮމެސީ.

