އީރާނަށް ދިން ޓެރަރިސްޓް ހަމަލަ ކުށްވެރި ކުރާ ގަރާރު އެމެރިކާއިން ވީޓޯ ކުރާނެ

އީރާނަށް އެމެރިކާއިން ދިން ޓެރަރިސްޓް ހަމަލަ ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ގަރާރެއް ނެރުމަށް ޗައިނާއައި ރަޝިޔާއާއި ޕާކިސްތާނުން ގުޅިގެން ދެ ނުކުތާގެ މައްޗަށް އެކުލެވޭ ގަރާރެއްގެ ދެލިކޮޕީ އެކުލަވާލައިފިއެވެ.

އޭގައި ވަނީ އީރާނުގައި އިންޓަރނޭޗަނަލް އެނާޖީ އެޖެންސީގެ ބެލުމުގެ ދަށުގައިވާ ސުލްހަވެރި ނިއުކްލިއާ ސައިޓްތަކަށާއި ފެސިލިޓީތަކަށް ދިން ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި މި ހަމަލާއަކީ ބައިނަލްއަގްވާމީ ސުލްހައާއި ސިލްމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި އިންޓަރނޭޗަނަލް ނިއުކްލިއަރ އެނާޖީ އެޖެންސީގެ ރައްކާތެރިކަމުގެ ނިޒާމަށް ކުރިމަތި ކުރުވި ބޮޑު ނުރައްކަލެއް ކަމަށެވެ.

ގަރާރުގައި އެމެރިކާގެ ނަން ހިމަނާފައެއް ނުވެއެވެ.

އަދި ވަގުތުން ޝަރުތުތަކާ ނުލައި ހަނގުރާމަ ހުއްޓާލުމަށް ވެސް ގަރާރުގައި ގޮވާލާފައި ވެއެވެ.

މިގަރާރު ވަނީ މެމްބަރު ގައުމުތަކުން ދިރާސާކުރުމަށް ފޮނުވާފައެވެ. ހަމަލަތައް ހުއްޓާލުމަށް ގޮވާލާފައި އޮތުމުން އެމެރިކާއިން މި ގަރާރު ވީޓޯ ކުރާނެ ކަމަށް ބެލެވެއެވެ. އެމެރިކާއަކީ ހުރިހައި ހާލަތެއްގައިވެސް އުދުވާނީ ގޮތްތައް އިޚުތިޔާރު ކުރާ ގައުމެކެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް