އިސްރާއީލު ދޫކޮށް ދާން ބޭނުންވާ ކަމަށް 25 ހާސް ޔަހޫދީން ބުނެފިއެވެ.
އޮސްރާއީލު އެއާލައިނުން ވަނީ ގައުމުން ބޭރުވާން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައެވެ.
އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެ ރަޖިސްޓްރޭޝަން ހުޅުވާލި ފަހުން އިސްރާއީލުން ފުރައިގެން ދާން ބޭނުންވާ އިސްރާއީލުގެ މީހުންގެ ފަރާތުން 25،000 ރިކުއެސްޓް އެލްއާލް އެއާލައިންސް އަށް ލިބިފައިވެ އެވެ.
އިސްރާއިލުން މީހުން ބޭރުވާން ބޭނުން ވަނީ އީރާނުން ދީފާނެ ހަމަލައަކަށް ބިރުންނެވެ.
އިޒްރޭލު މީޑިއާއިން ލަފާ ކުރާ ގޮތުގައި މިހާރު އީރާން މަޑުން އޮތަސް އިސްރާއީލަށް ދެން އީރާނުން ދޭ ހަމަލަތައް ވަރުގަދަ ވެފައި އިސްރާއީލުގެ ފުނަށް އެހަމަލަތައް އަމާޒު ކުރާނެއެވެ.

