އިސްލާމީ ގައުމަކަށް ޓެރަރިސްޓް ހަމަލައެއް ދިންތާ 24 ގަޑިއިރު! މުއިއްޒު ސަރުކާރު ހިމޭނުން

އިސްލާމީ ގައުމަކަށް ނިއުކްލިއަރ ބާރަކުން ޓެރަރިސްޓް ހަމަލައެއް ދިންތާ 24 ގަޑިއިރު ވެއްޖެއެވެ. ދިވެހި ސަރުކާރު އަދިވެސް އޮތީ ހަނު ހިމޭނުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ، ދީނާއި ވަޠަނިއްޔަތުގެ ޝިއާރު ބޭނުންކޮށްގެން ވެރިކަމަށް އައި ސަރުކާރެކެވެ. އިސްލާމީ އުންމަތަށް ދިމާވި އެންމެ ހައްސާސް އެއް ދަނޑިވަޅުގައި މިސަރުކާރު ހިމޭނުން އޮތުމުން، ފާޅު ކުރާ ޝިއާރުތަކާއި، ދައްކާ ދީންވެރި ދަޅަތަކާ މެދު ސުއާލު އުފެދެއެވެ.

ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ދީނީ ޢިލްމުވެރިންވެސް ދަނީ މި ޙަމަލަ ކުށްވެރި ކުރަމުންނެވެ.

އަރަބި އިސްލާމީ ގައުމުތަކުންވެސް ވަނީ މިކަމުގައި ބަޔާންތައް ނެރެ ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ފުރަތަމަ ޙަމަލަ ކުށްވެރި ކުރެއްވި ސިޔާސީ ލީޑަރުންގެ ތެރޭގައި ފާރިސް މައުމޫނާއި އެމްޑީޕީގެ ޗެއަރ ފައްޔާޒް އިސްމާއީލް ހިމެނެއެވެ.

މި ހަމަލަ ކުށްވެރި ނުކުރާކަމަށް އެންމެ ބޮޑަށް ފާހަގަ ކުރެވޭ ފަރާތްތަކުގެ ތެރޭގައި އެމްޑީޕީގެ ރައީސް ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫނު ހިމެނެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް