މެދުއިރުމަތީގެ ފްލައިޓް ދަތުރުތައް ފަށައިފި

އިޒްރޭލުގެ އެއާޕޯޓާއި ޖޯޑަންގެ އެއާޕޯޓާއި ލުބުނާންގެ އެއާޕޯޓްގައި ދަތުރުތައް މަޑުމަޑުން ފަށައިފިއެވެ. އެކަމަކު އަދިވެސް އީރާނާއި އިރާގާއި ސޫރިޔާގެ ވައިގެ ސަރަހައްދު އޮތީ ބަންދުކޮށްފައެވެ. އެކަމަކު ބައެއް ބޯޓުތައް ސޫރިޔާ މަތިން ދަތުރު ކުރަމުން ދެއެވެ. މިއަދު ކުވެއިތުން އައްމާނަށް އޮތް ދަތުރުވެސް ވަނީ ސޫރިޔާ މަތިން ކޮށްފައެވެ.

އިޒްރޭލުން ބާއްވާ ދަތުރުތަކަކީ ބޭރުގައި ނާދެވިފައި ތިބި ޔަހޫދީން ގެނައުމަށް ކުރާ ދަތުރުތަކެވެ. އޭގެ ތެރޭގައި ސައިޕްރަސްއަށާއި ގްރީސްގެ އެތެންސް ހިމެނެއެވެ.

ޖޯޑަން އިން ވަނީ މިސްރުގެ ޤާހިރާއަށާއި ޝަރަމުއްޝައިޚަށް ދަތުރުތައް ފަށާފައެވެ.

ލުބުނާންގެ ބެއިރޫތުންވެސް ވަނީ ދޯޙާ ދުބާއި އަންމާނަށް ދަތުރުތައް ފަށާފައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް