މުހާޖިރުން ޑިޕޯޓް ކުރުމަށް ޓްރަމްޕް ގެންގުޅޭ ސިޔާސަތު، އެމެރިކާގެ ސުޕްރީމް ކޯޓުގެ 6 ފަނޑިޔާރުންގެ ތާއީދާއެކު ދަމަހައްޓައި ދީފިއެވެ. އެހުކުމާ ދެކޮޅަށް ރައުޔު ދިނީ 3 ފަނޑިޔާރުންނެވެ.
އިއްޔެ އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ ކުށް ސާބިތުވެފައިވާ ލިޔެކިޔުންތައް ނެތް މީހުން ތިން ވަނަ ގައުމަކަށް ފޮނުވާލުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ބުނެ ހުކުމް ކޮށްފައެވެ. އަދި މިހުކުން ކޮށްފައި ވަނީ ވަގުތުން އަމަލު ކުރެވޭ ގޮތަށެވެ.
މިއީ ޓްރަމްޕްގެ ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތު ތަންފީޒު ކުރުމުގެ ސްޓްރެޓެޖީއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މި ހުކުމަކީ، ޖެނުއަރީ 2025 ގައި ވައިޓް ހައުސް އިން ނެރުނު ރިއާސީ ގަރާރަކުން އެމެރިކާގައި ގަވާއިދާ ޚިލާފަށް އުޅޭ ލިޔެކިޔުންތައް ނެތް މުޖާހިރުން، ޑީޕޯޓް ކުރުން ހުއްދަ ކޮށް ފާސްކުރި ގަރާރަށް ލިބުނު ބާރެކެވެ.
މި ހުކުމުގެ މުހިންމު ޝަރުތަކަށް ކަނޑައަޅާފައި ވަނީ، ޑިޕޯޓް ކުރާ މީހުންނާ ބެހޭ ގޮތުން ފުރިހަމަ ކުރަން ޖެހޭ ގާނޫނީ އިޖުރާއާތުތައް ފުރިހަމަ ކޮށް ލިބެންވާ ގާނޫނީ ރައްކާތެރިކަން ދިނުމެވެ. އަދި ތިންވަނަ ގައުމަކަށް ފޮނުވާލުމުން އަނިޔާއިން ސަލާމަތްވާނެ ކަމުގެ ޔަގީންކަން ދޭން ޖެހޭ ކަމަށް ވެސް ހުކުމްގައި ވެއެވެ.
ޓްރަމްޕް ސަރުޚަރުގެ އަމާޒަކީ އަހަރަކު 1 މިލިއަން މީހުން އެމެރިކާއިން ޑިޕޯޓު ކުރުމެވެ.
ގަވާއިދާ ޚިލާފަށް އުޅޭ މީހުން ކުށްކުރާ ނިސްބަތް އިތުރު ކަމަށް ބުނެ، ޖާނަލް އޮފް އެތްނިކް އެންޑް މައިގްރޭޝަން ސްޓަޑީޒް އިން 2023 ވަނަ އަހަރު ކުރި ދިރާސާއެއްގައި ބުނެފައި ވަނީ، ކުށް ސާބިތުވެފައިވާ މީހުން ޑީޕޯޓް ކުރުމަކީ ކުށްކުރުމުގެ ނިސްބަތް 5 ޕަސެންޓަށް ދަށްކުރެވޭނެ ކަމެއް ކަމަށެވެ.
އެމެރިކަން އިމިގްރޭޝަން ކައުންސިލުން ލަފާކުރާ ގޮތުގައި އެއް އަހަރު ދުވަހުގެ ތެރޭގައި މީހުން ޑިޕޯޓް ކުރުމަށް 88 ބިލިއަން ޑޮލަރު ހެދަވާނެ ކަމަށެވެ. އެއީ އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުގެ އަހަރީ ބަޖެޓުގެ ގާތްގަނޑަކަށް ދެގުނަ ކަމަށް ބުނެއެވެ.

