މިއަދު ހެނދުނު ރާއްޖެއަށް އަންނަން ހަމަޖެހިފައި އޮތް ޤަތަރު އެއާރވޭޒްގެ އެއް ފްލައިޓް ވަނީ ކެންސަލް ކޮށްފައެވެ. އަނެއް ފްލައިޓް ވަނީ އެތައް ގަޑި އިރަކަށް ލަސްވެފައެވެ.
ކިޔޫއާރް 674 އަކީ ހެނދުނު 9 ޖަހާއިރަށް މާލެއަށް ޖައްސަން ހަމެޖހިފައި އޮތް ފްލައިޓެކެވެ. އަދި ދޯޙާގެ ހަމަދު އެއާޕޯޓުން އެ ބޯޓު ފުރުމަށް ހަމަޖެހިފައި އޮތީ ޤަތަރުގެ ގަޑިން ރޭ 1.15 ގައެވެ. ނަމަވެސް ބޯޓު ފުރާފައި ވަނީ ޤަތަރުގެ ގަޑިން 11.04ގައެވެ. އެއީ މާލޭ ގަޑިން މެންދުން އަނބުރާ 1.04ގައެވެ. މި ބޯޓު ވެލާނާ އެއާޕޯޓަށް ޖައްސާނެ ކަމަށް ލަފާ ކުރެވެނީ ހަވީރު 5.11 ގައެވެ.
މިއަދު ހެނދުނު 8.25ގައި މާލެއަށް އައުމަށް ހަމަޖެހިފައި އޮތް ޤަތަރު އެއާވޭޒްގެ ފްލައިޓްވެސް ވަނީ ކެންސަލް ކޮށްފައެވެ.
މެދުއިރުމަތިން މިއަދު ދެން އަނަން ހުރި ފްލައިޓްތަކުގެ ތެރޭން ޑިލޭވެފައި ވަނީ އެންމެ ފްލައިޓެކެވެ. އެއީ އަބޫދާބީން އަންނަ އިއްތިހާދު އެއާވޭޒްގެ ފްލައިޓެވެ. މިއީ ވެލާނާއަށް 2 ޖަހާއިރަށް ޖައްސަން އޮތް ފްލައިޓެކެވެ. މިބޯޓު އަދިވެސް ފުރިކަމަކަށް ނުދައްކައެވެ.
