އަރްމީނިއާއަށް ގެންނަން އުޅުނު ބަޣާވާތްޕުޅު ނާކާމިޔާބު ކޮށްފި

ނުފޫޒު ގަދަ ފާދިރީން އަޑީގައި ތިބެގެން އަރްމީނިއާގައި އިންގިލާބެއް ގެންނަން އުޅުނު ކަމަށް އަރްމީނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިނިއާން ވިދާޅުވެއެވެ. ގައުމާ މުޚާތަބު ކުރައްވަމުން ޕާޝިނިއާން ވިދާޅުވީ މި ބަޣާވާތްޕުޅު ނާކާމިޔާބު ކޮށްފައި ވާނެ ކަމަށެވެ.

މި ފާދިރީންނަކީ މުޖުރިމުން ކަމަށް ބޮޑު ވަޒީރު ސިފަ ކުރެއްވިއެވެ.

އާރްމީނިއާގައި ފާދިރީންނާއި ސަރުކާރާ ދެމެދު މައްސަލަ އުފެދިފައި ވަނީ ބާޣީ ސަރަހައްދު ކަމަށްވާ ނަގޮރްނޯ ކަރަބާކްގެ ސަރަހައްދުން ބައެއް އަޒަރްބައިޖާނާ ހަވާލުކޮށް އެތައް އަހަރެއްވީ ހަނގުރާމަ ނިންމުމުންނެވެ.

ސަރުކާރުން ބުނާ ގޮތުގައި އިސްފާދިރީއާއި އޭނާގެ ގާތް 30 މީހުން ހޯދުމުގެ މަސއްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް