ޗައިނާއިން ރޮބޮޓުންގެ ފުޓްބޯޅަ މުބާރާތަކަށް ތައްޔާރު ވަނީ

އިންސާނުންނާއި އެއްފަދައިން ހަރަކާތެތެރިވާ ޓީ1 މިހާރު ދަނީ ބެއިޖިންގެ ފުޓްބޯޅަ ދަނޑެއްގައި ޝޫޓިން އާއި ޕޮޒިޝަނިންގެ އަމަލީ ތަމްރީނުތައް ކުރިއަށް ގެންދަމުންނެވެ. ނަމަވެސް، ޓީ1 އަކީ އާދައިގެ ކުޅުންތެރިއެއް ނޫނެވެ. އޭނާއަކީ އޮގަސްޓް 15 އިން ފެށިގެން ބެއިޖިންގައި ބައްވާ އިންސާނުންނާ އެއްފަދއިން ހަރަކާތްތެރިވާ ފުރަތަމަ ވޯލްޑް ހިއުމަނޮއިޑް ރޮބޮޓް ގޭމްސްގައި ބައިވެރިވުމަށް ތަމްރީން ހަދަމުންދާ ރޮބޮޓެކެވެ. މީގެ ކުރިން އޭނާ ވަނީ ރަން މެޑަލް ހާސިލުކޮށްފައެވެ.

ޗައިނާއިން ރޮބޮޓިކްސްގެ ދާއިރާއިން އަމިއްލަވަންތަ ޓެކްނޮލޮޖީތައް ތަރައްޤީކުރުމަށް މަސައްކަތް ކުރަމުން ދާއިރު، ޓީ1 އަކީ ހިއުމަނޮއިޑް ރޮބޮޓިކްސްގެ ދާއިރާގައި އިސްދައުރެއް އަދާކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

މި މުބާރާތުގައި ދަނޑުމަތީގެ ހަރަކާތްތަކުން ފެށިގެން ޑާންސް އަދި މާޝަލް އާޓްސްގެ އިތުރުން އިންޑަސްޓްރިއަލް ހޭންޑްލިންގ އާއި މެޑިކަލް ސަރވިސަސް ފަދަ އަމަލީ ބޭނުންތަކުގައި ބޭނުން ކުރާ ރޮބޮޓުން ވާދަކުރާ 20 އަށް ވުރެ ގިނަ ޤައުމުގެ ޓީމުތައް ބައިވެރިވާނެއެވެ.

ބްރެޒިލްގައި ކުރިއަށްދާ 28 އަހަރުގެ ތާރީޚެއް އޮތް ރޮބޯކަޕް ރޮބޮޓިކްސް ލީގުގައި ޓީ1 އާއި އިތުރު ދެ ޓީމުގެ ދެ ކުޅުންތެރިން ވަނީ މިދިޔަ މަހު ޗައިނާގައި އޮތް "ފުރާ ފުރިހަމަ އިންސާނެއްގެ ސައިޒްގެ" ރޮބޮޓުންގެ ކެޓަގަރީން ރަން މެޑަލް ހޯދައި، އާ ރެކޯޑެއް ޤާއިމުކޮށްފައެވެ.

ޓީ1 އާއި އޭނާގެ ޓީމުގެ ކުޅުންތެރިން މުބާރާތުގައި ބައިވެރިވުމަށް މަގުފަހިކޮށްދިނީ ސިންގްވާ ޔުނިވަރސިޓީގެ ޓީމުންނެވެ.

"ޗައިނާ ސަރުކާރުން ދަނީ ހިއުމަނޮއިޑް ރޮބޮޓްތައް އުފެއްދުމަށް ހީވާގިކަމާއެކު މަގުފަހިކުރަމުން،" ޓީ1 އުފެއްދި ބޫސްޓާ ރޮބޮޓިކްސްގެ އިސް ސައިންޓިސްޓް ޒާއޯ މިންގްއޯ ވިދާޅުވެއެވެ.

އިތުރަށް އޭނާ ވިދާޅުވީ، ޓެކްނޮލޮޖީ ކުރިއެރުވުމަށް ސަރުކާރުން ދަނީ ވާދަވެރި އިވެންޓްތައް އިންތިޒާމްކުރަމުން ކަމަށާއި މި މުބާރާތަކީ އެފަދަ އެއް ތަޖުރިބާ ކަމަށެވެ.

ބައެއް ފަރާތްތަކުން މިފަދަ އިވެންޓްތައް ހަމައެކަނި މަޝްހޫރު ވުމުގެ އުކުޅެއްގެ ގޮތުގައި ދެކޭއިރު، ސިނާއަތުގެ ތަޖުރިބާކާރުންނާއި ބައިވެރިން ދެކެނީ މިއީ ހަޤީޤީ ދުނިޔޭގައި އަމަލީ ބޭނުންތަކަށް އިންސާނުންނާ އެއްވަތަރުގެ ރޮބޮޓްތައް ތަރައްޤީކުރުމަށް ލިބޭ މުހިންމު ފުރުސަތެއްގެ ގޮތުގައެވެ.

ހިއްސާ ކުރައްވާ!