އެމްއެމްއޭ އިން ޢާންމުކުރި ޖޫން މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަހަރުގެ ފުރަތަމަ ދެބައިގައި މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ 43 އިންސައްތަ އިތުރުވެފައިވެއެވެ. މިދިޔަ އަހަރާ އަޅާބަލާއިރު، ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މަސް އެކްސްޕޯޓު ކޮށްގެން 74 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.







