މަނީލޯންޑާ ކުރުމުގެ ކަންކަން ބަލާ ޔުނިޓްގެ ވެރިއަކަށް އިސްމާއީލް ސާޖިދު

އެމްއެމްއޭގެ ފައިނޭންޝައަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ އިސް ވެރިއަކަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފިއެވެ. އިސްމާއީލް ސާޖިދު ވަނީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަން ކުރައްވާފައެވެ. އަދި އެ މަޤާމުން އޭނާ އިސްތިއުފާދެއްވީ މިދިޔަ ޖުލައި މަހުއެވެ.
ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑްގެ މަޤާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި، އަލްއުސްތާޛް އަބްދުالله އަޝްރަފު، ރިސްކް އެންޑް ކޮމްޕަޔަލަންސް ޑިޕާޓްމަންޓް ހެޑްކުރުމަށް ބަދަލު ކުރުމާ ގުޅިގެންނެވެ.

އެފްއައިޔޫއަކީ، ފައިސާ ދޮވުން ފަދަ މައްސަލަތައް ބެލުމަށް އެމްއެމްއޭގައި އޮންނަ ޔުނިޓެކެވެ.

ހިއްސާ ކުރައްވާ!