ރާއްޖެއިން އެންމެ ގިނަ ބޭރު ފައިސާ ބޭރު ކުރަނީ ބަންގްލަދޭޝަށް

ރާއްޖެއިން ބޭރުފައިސާ އެންމެ ގިނައިން 2024ގައި ބޭރުކޮށްފައި ވަނީ ބަނގްލަދޭޝަށެވެ. ރާއްޖެއިން އެ އަހަރު ޖުމުލަ 1.7 ބިލިއަން ރުފިޔާގެ ބޭރު ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާފައި ވެއެވެ.

އެންމެ ގިނަ ފައިސާ ފޮނުވާފައިވާ ބަނގްލަދޭޝަށް ފޮނުވާފައި ވަނީ އެ ފައިސާގެ 72 ޕަސެންޓެވެ. ބަނގްލަދޭޝަކީ ގިނަ އަދަދެއްގެ މަސައްކަތްތެރިން ރާއްޖޭގައި ހަރަކާތްތެރިވާ ޤައުމެކެވެ.

ޑޮލަރުން ބަލާއިރު 115 މިލިއަން ޑޮލަރު ރާއްޖެއިން ބޭރަށް ފޮނުވާފައި ވެއެވެ. އެމްއެމްއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި 2024ގައި ފޮނުވާފައިވާ ފައިސާއަކީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ބޭރު ކުރި އަދަދަށް ވުރެން 121.5 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއިން ފޮނުވާފައިވާ ފައިސާގެ އެންމެ 2 ޕަސެންޓު ގޮސްފައި ވަނީ އިންޑިއާއަށެވެ. އަދ ނޭޕާލަށް 5 ޕަސެންޓްގެ ފައިސާ ގޮސްފައިޥާ އިރު، މިސްރާއި ފިލިޕީންސުން ކުރެ ކޮންމެ ގައުމަކަށް 4 ޕަސެންޓް ގޮސްފައި ވެއެވެ.

މި ފައިސާއިން ބިދޭސިން ބޭރުކޮށްފައި ވަނީ 92 އިންސައްތައެވެ. އެހެން ފައިސާއަކީ ދިވެހިން ބޭރުކޮށްފައވާ އަދަދެވެ.

ހިއްސާ ކުރައްވާ!