ދެކުނު ކޮރެއާއިން އުތުރު ކޮރެއާއަށް އުދަގޫ ކުރުމަށް ބަހަޢްޓާފައވާ ތާލަފިލިތައް ނެގުމަށް ނިންމައި އެމަސައްކަތް ފަށައިފިއެވެ. ދެކުނު ކޮރެއާ ސަރުކާރުން ބުނީ އުތުރު ކޮރެއާއާ ދެކޮޅަށް އަޑުގަދަކޮށް ބްރޯޑްކާސްޓްކުރުމށް ބޭނުން ކުރި ތާޅަފިލިތައް ބޯޑަރުން ނަގަން ފަށައިފިކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ. މިއީ ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ-މިޔަންގްގެ އައު ސަރުކާރުން ޕިޔޮންގްޔަންގްއާއެކު ގުޅުން ރަނގަޅުކުރުމަށް ކުރާ މަސައްކަތެކެވެ.
"މިއަދުން ފެށިގެން، ސިފައިން ވަނީ ސްޕީކަރުތައް ނަގަން ފަށާފައެވެ،" ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީގެ ސްޕޯކްސްމަން ލީ ކިޔުންގް-ހޯ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.
ޖޫން މަހު އޮފީހާ ހަވާލުވުމަށްފަހު، ލީގެ ސަރުކާރުން އުތުރު ކޮރެއާގެ ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ ޕްރޮޕެގަންޑާ ބްރޯޑްކާސްޓްތައް ވަނީ ހުއްޓާލާފައެވެ. މިއީ ދެގައުމު ދެމެދު މެދުކެނޑިފައިވާ ވާހަކަތައް އަލުން ފެށުމަށް ކުރާ މަސައްކަތުގެ ބައެކެވެ. ނަމަވެސް އުތުރު ކޮރެއާއިން ވަނީ މި މަސައްކަތްތައް ބަލައިނުގަނެ، ދެކުނު ކޮރެއާއާއެކު ވާހަކަ ދެއްކުމަށް ޝައުގުވެރިކަމެއް ނެތްކަމަށް ބުނެފައެވެ.
1950-53 ގެ ކޮރެއާގެ ހަނގުރާމަ ނިމުނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކުން ނެވެ. ނަމަވެސް ސުލްހައިގެ މުއާހަދާއެއް ދެ ގައުމުގެ ދެެމދުގައި ނެތެވެ. އެހެން ކަމުން، ދެ ގައުމު ވަނީ އަދިވެސް ހަނގުރާމައިގެ ހާލަތެއްގައެވެ. އަދި ފާއިތުވި އަހަރުތަކުގައި ދެ ގައުމުގެ ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ.