އުތުރު ކޮރެއާގެ ވެރިކަން ކުރާ ޕާޓީއަށް 80 އަހަރު

އުތުރު ކޮރެއާގެ ވެރިކަން ކުރާ ވޯކާރސް ޕާޓީއަށް 80 އަހަރުގެ ފާހަގަކުރުމުގެ ރަސްމިއްޔާތުތައް ބާއްވަން ފަށައިފިއެވެ. މި ރަސްމިއްޔާތަށް ޗައިނާ އަދި ރަޝިޔާއާއި އީރާންގެ ލީޑަރުން ވަޑއި ގަތުމަކީ އެކަށީގެންވާ ކަމެކެވެެ. އަދި އެ ގައުމުތަކާ އެކު އޮންނަ ގުޅުން ވަރުގަދަވަމުންދާކަން ފާހަގަކުރެވެއެވެ.

ލީޑަރ ކިމް ޖޮންގް އުން އަބަދުވެސް ވިދާޅުވަނީ ޗައިނާއަކީ އެންމެ މުހިންމު ބައިނަލްއަގުވާމީ އެކުވެރިޔާ ކަމަށެވެ. އަދި، ފަހަކަށް އައިސް އޭނާ ވަނީ ރަޝިޔާއާ އެކު އޮންނަ ގުޅުންވެސް ވަރުގަދަ ކޮށްފައެވެ. ޔުކްރެއިންގެ ހަނގުރާމައިގައި އުތުރު ކޮރެއާއިން ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްދޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ސެޕްޓެމްބަރު މަހު ބޭއްވި ދެވަނަ ބޮޑު ހަނގުރާމައިގެ ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ސަލާމީ ރަސްމިއްޔާތުގައި ކިމް ޖޮންގް އުން ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަދި ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިންއާއެކު ބައިވެރިވެފައިވެއެވެ.

ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ އުތުރު ކޮރެއާއިން މި ހަފްތާގެ އިޙުތިފާލް ސަލާމީ ރަސްމިއްޔާތެއްގެ ގޮތުގައި ބޭއްވުމާމެދު އަދި ވަކި ގޮތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ދެކުނު ކޮރެއާގެ އޮފިޝަލުންނ ހަވާލާދީ ބުނާ ގޮތުގައި ވޯކާރސް ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ސަލާމީ ރަސްމިއްޔާތެއް ބޭއްވުމުގެ ނިޝާންތައް ފެންނަމުންދާ ކަމަށް ޔޮންހަޕް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!