ރަޝިޔާއާއި އުތުރު ކޮރެއާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުން، ދެ ޤައުމު ގުޅުވައިދޭ ބްރިޖް ހޯމަ ދުވަހު ހުޅުވައިފިއެވެ. ޓުމެން ކޯރުގައި ޤާއިމުކޮށްފައިވާ މި ބްރިޖަކީ ދެ ޤައުމުގެ ރަހުމަތްތެރިކަމާއި ބައިވެރިކަން އިތުރަށް ވަރުގަދަކުރުމުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ދެ ޤައުމުން ވެސް ފާހަގަކޮށްފައިވެއެވެ.
މ ިބްރިޖުން ފުރަތަމަ ފަހަރަށް ދިދައިން ޒީނަތްތެރިކޮށްފައިވާ ލޮރީތަކެއް ވަނީ ދަތުރުކޮށްފިއެވެ. މި ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ރަޝިޔާގެ ބޮޑުވަޒީރު އާއި އުތުރު ކޮރެއާގެ ބޮޑުވަޒީރު ވަނީ ވީޑިއޯ ލިންކު މެދުވެރިކޮށް ބައިވެރިވެވަޑައިގެން، ދެ ޤައުމުގެ މަސައްކަތްތެރިންނާއި ސަރުކާރުގެ އިސް އޮފިޝަލުންނާ މުޚާޠަބުކުރައްވައި ވާހަކަދައްކަވާފައެވެ.
ގިނަ އަހަރުތަކެއް ވަންދެން މަޝްވަރާކުރުމަށްފަހު، މި ބްރިޖްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރު ރަޝިޔާގެ ރައީސް ޕޫޓިން އުތުރު ކޮރެއާއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވުމަކަށް އައުމާ ގުޅިގެން ފާއިތުވި އަހަރުގެ އެޕްރީލް މަހުއެވެ. މޮސްކޯއާއި ޕިޔޮންގްޔަންގާ ދެމެދު ސީދާ ވައިގެ މަގާއި ރޭލުގެ ދަތުރުތައް ކުރިން ވެސް ދަތުރުތައް އޮތް ނަމަވެސް ހޯމަ ދުވަހާ ހަމައަށް އެކަށީގެންވާ ގޮތެއްގައި އެއްގަމު މަގުން މަގުގެ ގުޅުމެއް ޤާއިމުވެފައެއް ނުވެއެވެ.
1959 ވަނަ އަހަރުން ފެށިގެން، ދެ ޤައުމުގެ ބޯޑަރު ހުރަސްކޮށް އުޅަނދުފަހަރު އުފުލުމަށް ބޭނުންކުރަމުން އައީ ބޯޑަރު ކައިރީގައި އޮންނަ ރޭލު ބްރިޖުގައި ޚާއްޞަ އިންތިޒާމެއްގެ ދަށުން ދަނގަނޑު ފިލާ އަޅައިގެންނެވެ.





