ރަޝިޔާ ފަތުރުވެރިންގެ މެދުގައި އުތުރު ކޮރެއާ ރިސޯޓްތައް މަޤްބޫލުވަނީ

ޔޫކްރޭން ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ޤައުމުތަކުން ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ރަޝިޔާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އުތުރު ކޮރެއާއަށް ދަތުރުކުރާ މިންވަރު އިތުރުވާން ފަށައިފިއެވެ. ރަޝިޔާއާއި އުތުރު ކޮރެއާއާ ދެމެދު އޮންނަ ސިޔާސީ އަދި އަސްކަރީ ގުޅުން ބަދަހިވަމުން އަންނަ މި ދަނޑިވަޅުގައި، ރަޝިޔާ މީހުންނަށް އުތުރު ކޮރެއާއަކީ "ހީވެސް ނުކުރާ ވަރުގެ ސުވަރުގެއެއް" ކަމަށް ސިފަކޮށް ރަޝިޔާގެ ޓްރެވަލް އެޖެންޓުން ދަނީ އުތުރު ކޮރެއާއަށް ފަތުރުވެރިން ގެންދިއުމަށް ތަފާތު ޕެކޭޖުތައް ތަރައްޤީކުރަމުންނެވެ.

ދަތުރުކުރާ މީހުންގެ މެދުގައި، ޑިމާންޑް ބޮޑު

  • ރަޝިޔާގެ ސްޓޭޓް ޑޫމާގެ ޓޫރިޒަމް ކޮމިޓީން ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު ގާތްގަނޑަކަށް 5،000 ރަޝިޔާ މީހުން އުތުރު ކޮރެއާއަށް ޒިޔާރަތްކޮށްފައި ވެއެވެ، އަދި 2026 ވަނަ އަހަރު މި އަދަދު 6،000 އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
  • ޔޫރަޕިއަން ޔޫނިއަނުން ޝެންގޭން ވިސާގެ އުސޫލުތައް ހަރުކަށިކޮށްފައިވުމާއެކު، ރަޝިޔާ މީހުންނަށް ޔޫރަޕަށް ދަތުރުކުރުން ވަނީ ބޮޑު ގޮންޖެހުމަކަށްވެފައެވެ.
  • އުތުރު ކޮރެއާއަށް ދަތުރުކުރާ ޓުއާ އޮޕަރޭޓަރުން ވަނީ ޔޫކްރޭން ހަނގުރާމައިގައި ބައިވެރިވެފައިވާ ރަޝިޔާ ސިފައިންނަށް ޚާއްޞަ ޑިސްކައުންޓްތައް ވެސް ހަމަޖައްސާފައެވެ.

އައު ބީޗް ރިސޯޓާއި ޓުއަރިޒަމްގެ އައު މަންޒިލްތައް

މި ދަތުރުތަކުގައި މައިގަނޑުގޮތެއްގައި ވެރިރަށް ޕިއޮންގްޔަންގްގެ އިތުރުން، އުތުރު ކޮރެއާގެ އިރުމަތީ އައްސޭރީގައި ހަދާފައިވާ އައު ބީޗް ރިސޯޓެއް ކަމަށްވާ ވޮންސަން-ކަލްމާ އަކީ ރަޘިޔާ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެކެވެ.

2025 ވަނަ އަހަރުގެ ޖޫން މަހު ހުޅުވި މި ރިސޯޓަކީ "ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިންނަށް ސަގާފީ މަރުކަޒެއް" ގެ ގޮތުގައި އުތުރު ކޮރެއާއިން ސިފަކުރެއެވެ.

މީގެ އިތުރުން، ފަރުބަދަމަތީ ގައި އޮންނަ ސްކީ ރިސޯޓު މަންޒިލެއް ކަމަށްވާ ސަމްޖިޔޯން އަށް އަމާޒުކޮށްގެންވެސް ޓުއާ އޮޕަރޭޓަރުން ދަނީ ތަފާތު ޕެކޭޖުތައް ޕްރޮމޯޓްކުރަމުންނެވެ.

ހިއްސާ ކުރައްވާ!